English Edition
Dhivehi Edition
ވާދޫ އަދާރަންގެ މަތިން ނަގާފައިވާ ފޮޓޯއެއް/ގޫގުލް

ވާދޫ ރިސޯޓުގެ މުވައްޒަފަކު އެރިސޯޓްގެ މުދަލަށް ގެއްލުންދޭން އުޅުނު މައްސަލައެއްގައި ހައްޔަރުކޮށްފިއެވެ.

2020 މާރޗް 24 ވަނަ ދުވަހުގެ ވަގުތެއްގައި އަދާރަން ޕްރެސްޓީޖް ވާދޫ ރިސޯޓްގެ މުވައްޒަފަކު އެރިސޯޓްގެ މުދަލަށް ގެއްލުންދީ ރޯކޮށްލާނެ ކަމަށް ބުނެފައިވާ މައްސަލަ ފުލުހަށް ހުށަހަޅައިފިކަމަށާއި އެމީހާ ރިސޯޓުގައި ހުއްޓާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ޢުމުރުން 40 އަހަރުގެ ދިވެހި ފިރިހެނެކެވެ.

Advt

Advertisement

މިމީހާ ހަމަނުޖެހުން ހިންގާފައިވަނީ ރިސޯޓުން މުވައްޒަފުން ފޭބުން މަނާކޮށްފައިވަނިކޮށް ޑޮކްޓަރަށް ދެއްކުމަށް ބޭނުންވާ ކަމަށްބުނެ ރިސޯޓުން ފައިބަން ބޭނުންވާ ކަމަށް ރިސޯޓު މެނޭޖްމަންޓްގައި އެދުމުން HPA ގެ އެދުމާއި ޚިލާފަށް ރިސޯޓަށް ނުދެވޭނެ ކަމަށް ވުވައްޒަފަށް އަންގާ އެޗްޕީއޭ އާއި ގުޅިގެން އެކަން ކުރިއަށް ގެންދަން ރިސޯޓުގެ މެނޭޖްމެންޓުން މަސައްކަތް ކުރަމުން ދަނިކޮށް އެމީހާ އެކަމާ ހިތްހަމަ ނުޖެހިގެންކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

މިމައްސަލައާއި ގުޅިގެން ހައްޔަރު ކުރި މީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް އިއްޔެ މާފުށި މެޖިސްޓްރޭޓް ކޯޓުގައި އެދުމުން ކޯޓުންވަނީ ޝަރީޢަތް ކުރުމާއި ބެހޭ ޖިނާޢީ އިޖްރާޢަތުގެ ޤަވާޢިދުގެ 5 ވަނަ މާއްދާގެ ށަވިޔަނީގެ ދަށުން ޣައިރު ޙާޒިރުގައި އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތު ޖަހާފައެވެ.

މިމައްސަލަ ފުލުހުން ގެންދަވަނީ އިތުރަށް ތަޙްޤީޤު ކުރައްވަމުން ނެވެ.