English Edition
Dhivehi Edition

ކޮވިޑް 19 އާއި ގުޅިގެން ރާއްޖެ މިއޮތީ ލޮކްޑައުން އަކަށް ގޮސްފައި ކަމަށާއި މިއަށް ވުރެ ބޮޑު ލޮކްޑައުން އެއް ނެތް ކަމަށް ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙް ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖެ މިއޮތީ ލޮކްޑައުންއަކަށް ގޮސްފައިކަމަށާއި މީގެ 24 ގަޑިއިރު ފަހުން ރާއްޖެއަށް އެއްވެސް މީހަކަށް ނާދެވޭނެކަމަށެވެ. އަދި މިވަގުތު އެނޫންގޮތެއް ނެތްކަމަށާއި އެކަމަށް ރާއްޖެއޮތީ ތައްޔާރަށް ކަމަށް ރައީސް ވިދާޅުވި އެވެ.

Advt

Advertisement

ރައީސް ސޯލިހު މިއަދު ވަނީ ރާއްޖޭން އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލަން ނިންމާފައިވާކަން ވެސް އިއުލާނު ކުރައްވައިފަ އެވެ. އެގޮތުން، އަންނަ ހުކުރު ދުވަހުން ފެށިގެން ބޭރު އެއްވެސް ގައުމަކުން މީހުން ރާއްޖެއަށް އެތެރެނުވެވޭނަކަމަށް ރައީސް ވިދާޅުވި އެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި 13 މީހަކު ފެނިފައިވާއިރު، އޭގެ ތެރެއިން 8 މީހަކު އެ ބަލިން ރަނގަޅުވެފައިވާކަމަށް ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.