English Edition
Dhivehi Edition
ފޮޓޯ: ގޫގަލް
މި ހިނގާ މާރިޗްމަހު 27 އިން ފެށިގެން އޮން އެރައިވަލް ވިސާ ދިނުން މެދުކަނޑާލުމަށް ރައީސުލް ޖުމްހޫރިއްޔާ ނިންމައިފި އެވެ.
ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މިހެން ވިދާޅުވީ މިހާރު ކުރިއަށް ދާ ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެރުތުރެމުން އަންނަ ކޮވިޑް19 އާއި ގުޅޭގޮތުން ރައީސް ބޭއްވި ނޫސްވެރިންގެ ބައްދަލަވުމުގައި ވިދާޅުވީ، އަންނަ ހުކުރު ދުވަހުން ފެށިގެން އޮން އެރައިވަލް-ވިސާ ދިނުން ހުއްޓާލާނެކަމަށާއި އޭގެ މާނައަކީ ރާއްޖޭން ބޭރުން އެއްވެސް މީހަކަށް ރާއްޖެއަށް އެތެރެނުވެވޭނެ ކަމަށެވެ. “ޗައިނާގައި އެ ބަލި ފެތުރެން ފެށުމާއެކު ޖެނުއަރީ6 ވަނަ ދުވަހުން ފެށިގެން އަޅުގަނޑު ރާއްޖޭގެ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ފެށިން. މިކަމުގައި އެންމެ އިސް ބަސްވެސް އަދި އެންމެ ފަހު ބަސް ވެސް ވިދާޅުވާނީ ސިއްހީ ތަޖުރިބާކާރުން. ސަރުކާރުން ހަމައެކަނި ކުރާކަމަކީ އެ ބޭފުޅުން ވިދާޅުވާގޮތަށް ކަންތައްތައް ފަހިކޮށްދިނުން” ރަޢީސް ވިދާޅުވިއެވެ.
ކޮވިޑް19 ދުނިޔޭގެ ބައެއް ގައުމުތަކުގައި ކޮންޓްރޯލް ނުކުރެވި ފެތުރެމުންދާ މިދަނޑިވަޅުގައި ގިނަ ގައުމުތައްވަނީ އެއްކޮށް ލޮކްޑައުން ކޮށްފައެވެ. ރާއްޖޭގައި މިހާތަނަށް 13 މީހަކު މިބައްޔަށް ޕޮޒިޓިވްވެ އޭގެތެރެއިން 8މީހަކު ބަލިން ފަސޭހަވެފައި ވީނަމަވެސް 574 މީހަކު ކަރަންޓީނުގައި ތިބުމާއި ޝައްކު ވާއިތުރު މީހުން ރާއްޖެއިން ފެންނަމުންދާތީ ރައްޔިތުންވަނީ ދިވެހިރާއްޖެ ލޮކްޑައުން ކުރުމަށް ސޯޝަލްމީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ސަރުކާރަށް ގޮވާލާފައެވެ.
އާއްމު ދިރިއުޅުމަށް ދަތިތަކެއް ކުރިމަތިވި ނަމަވެސް، ސިއްހީ ތަޖުރިބާކާރުން ލަފާގެ މަތިން، ހުރިހާ ރައްޔިތުން ގޭގައި މަޑުކުރުމަށް މި ޕްރެސްކޮންފަރެންސްގައި ރައީސް ވަނީ އެދި ވަޑައިގެންފައެވެ.