English Edition
Dhivehi Edition

މިވަގުތު ދިވެހިރާއްޖެއާއި މުޅި ދުނިޔެ ކަންބޮޑުވުމާއި ހާސްކަމެއްގައިއޮވެފައި، ޒަރޫރީ ބޭނުންތަކަކަށްނޫނީ މަގުތަކަށް ނުނިކުތުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސްކުރަމުންދާ މި ދަނޑިވަޅުގައި އެންޒީ އިން ކުރާ ވިޔަފާރިތައް ހިލޭ ގޭގެ އަށް ގެންގޮސްދޭން ނިންމައިފިއެވެ.

މިގޮތުން ޕްރޮޑަކްޓްތައް ބައްލަވައިގަތުމުން ހިލޭ ގެއަށް ގެންގޮސްދޭނީ ބިލްގެ ޖުމްލަ 200ރ އަށްވުރެ މަތީގެ އޯޑަރުތަކެވެ.

އެންޒީއިން ޑެލިވަރީގެ ޚިދުމަތް ފޯރުކޮށްދޭ ބާވަތްތަކުގެ ތެރޭގައި ސްމޯކްޑް ޓޫނާގެ އެކި ބާވަތްތައް (ވަޅޯމަސް، ވަޅޯމަސް ފޮތި، މުގުރިމަސް، މަސް މިރުސް،ރިހާކުރު، ޑީޕް ފްރައިޑް ޓޫނާ ބެލީ، ތެލުލި މަސް، ސުވަދީބް، މަހާ ޗާއި ގިތެޔޮ މިރުސް ސޯސް) ރޯމަސް ( ޓޫނާ ޓްރިމް، ޗިލްޑް ސްޓީކް، ޓޫނާ ޗަންކް، ޓޫނާ ޗަންކްސް ސެންޓާރ ކަޓް، މަހު ލޯ، ބަނޑައިދޫ، ޓޫނާ ބެލީ ކިއުބްސް، ޓޫނާ ޗަންކްސް) ދަޅު މަސް ( ތެޔޮ މަސް އަދި ފެން މަސް) އަދި ބޭކަރީ ޕޭސްޓްރީ ( ވައިޓް ބްރެޑް، ބްރައުން ބޮރެޑް، ސަބްމެރީން ބަން، ހޮޓް ޑޯގް ބަން، ކްރޮއިސަންޓް، ޗިކަން ޕަފް، ޓޫނާ ޕަފް، ސޭންޑްވިޗް، ޓޫނާ ޕިއްޒާ، ގުޅަ، ކަވާބު، ބޯކިބާ، މަސްރޮށި، ސްވީޓް ބަން، ބްރައުނީ، މަފިން،) ހިމެނެއެވެ.

މިބާވަތްތައް ބައްލަވަން ބޭނުންވާ ފަރާތްތަކުން މާލޭގެ ހޮޓްލައިން ނަމްބަރ 7248899 އަދިހުޅުމާލޭގެ ހޮޓްލައިން ނަމްބަރ 7258899 އަށް ހެނދުނު 08:30 އާއި ހަވީރު 04:00 ދެމެދު ގުޅުއްވުމަށްފަހު ބޭނުންފުޅުވާ ޕްރޮޑަކްޓާއި، އަދަދު، އެޑްރެސް އަދި ގުޅޭނެ ނަމްބަރ ދެއްވުމުން ޑެލިވާރ ކޮށްދޭނެއެވެ.

އެންޒީގެ އެސިސްޓެންޓް މެނޭޖަރ ސޭލްސް އެންޑް މާކެޓިން އަޙްމަދު ޢަބްދުއްރަޙީމް ވިދާޅުވީ މިއީ ހުރިހާ ބޭފުޅުންވެސް ގޭގައި ރައްކާތެރިކަމާއިއެކު ތިއްބަވައިގެން އެންޒީގެ ޙިދުމަތް މާލެ އަދި ހުޅުމާލޭގައި ދިރިއުޅުއްވާ ބޭފުޅުންނަށް ފޯރުކޮށްދިނުމުގެ މަޤްސަދުގައި ފެއްޓެވި ޚިދުމަތެއް ކަމަށެވެ.

އެހެންކަމުން މި ދަނޑިވަޅުގައި ގޭގައި ތިއްބަވައިގެން ފްރީ ޑެލިވަރީ ޙިދްމަތުގެ އެންމެ ފުރިހަމަ ބޭނުން ހިއްޕެވުމަށް އަޙްމަދު ޢަބްދުއްރަޙީމް އެދިވަޑައިގެންނެވިއެވެ.