English Edition
Dhivehi Edition

ޓޯޓަލް ފުރަބަންދަށް ގޮސްފިނަމަ އެސްޓީއޯގެ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދަން ރާވާފައި އޮތް ގޮތުގެ ޑްރިލްއެއް މިއަދު ކުރިއަށް ދާނެކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

އެ ކުންފުނީގެ އެމްޑީ އަމްރު ވިދާޅުވީ އެސްޓީއޯއަކީ ރައްުޔިތުންނަށް ކާޑާއި، ބޭހާއި ގިނަ މަސައްކަތާއި، ދަތުރުފަތުރަށް ބޭނުންވާ ތެޔޮ ފޯރުކޮށްދޭ ކުންފުންޏެއްކަމުން އެސްޓީއޯ ބަންދު ކުރެވެން ނެތް ކަމަށެވެ.މިއަދު އެސްޓިއޯ އިން ކުރިއަށް ގެންދާ ޑްރިލް އާއި ގުޅިގެން ބައެއް ފިހާރަތައް ހުޅުވާ ގަޑިއަށް ބަދަލު ގެނެސްފައިވާއިރު އެ ކުންފުނިން ބުނީ ކޮވިޑް19ގެ ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ވީހާވެސް ގިނަ މުއައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރެވޭނެ އިންތިޒާމެއް ހަމަޖައްސަމުން ގެންދާ ކަމަށެވެ.

ދިވެހިރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ މި ދަނޑިވަޅު އެސްޓިއޯ އިން އަންނަނީ ރައްޔިތުންނަށް އެއްވެސް ދަތިކަމެއް ނެތި ކާބޯތަކެތި އާއި ބޭސް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންނެވެ. ކޮވިޑް19 އާއި ގުޅިގެން ދިވެހިރާއްޖެއިން ކާބޯތަކެތި ހުސްވެދާނެކަމަށް ގިނަ ބަޔަކު ބުނަމުންދިޔަ ނަމަވެސް، ރާއްޖޭގެ ރައްޔިތުންނަށް އެކަށީގެންވާ ވަރަށް ކާބޯތަކެތި ރައްކާތެރި ކުރެވިފައި އެބަހުރި ކަމަށާއި، އެއްވެސް ވަރަކަށް ކާބޯތަކެތީ ލިބުމުގައި ދަތިތަކެއް ދިމާނުވާނެކަމަށް އެސްޓިއޯ އިންވަނީ ބުނެފައެވެ.