English Edition
Dhivehi Edition

ހޮރައިޒަން އެކަޑަމީގެ އަށްވަނަ އިންޓަރ އޮފީސް ބެޑުމިންޓަން މުބާރާތުގެ ފައިނަލް މެޗުތައް މިއަދާއި މިރޭ ކުޅޭނެއެވެ. އަންހެން އިވެންޓުގެ ފައިނަލް ކުޅޭނީ މިއަދު ހަވީރުއެވެ. މި އިވެންޓުގެ ފައިނަލުގައި ބައްދަލުކުރާނީ ފެނަކަ ކޯޕަރޭޝަނާއި، އައްޑޫ ބެޑުމިންޓަން ކުލަބު (އޭބީސީ) ސީޓީމެވެ. ފިރިހެން އިވެންޓުގެ ފައިނަލުގައި ބައްދަލް ކުރާނީ އައްޑޫ ބެޑުމިންޓަން ކުލަބު (އޭބީސީ) ގެ ބީ ޓީމާއި ސީ ޓީމެވެ. މިމެޗު ކުޅޭނީ މިރޭގައެވެ. މިމުބާރާތަކީ ބެޑުމިންޓަން އެސޯސިއޭޝަނާއި، ހޮރައިޒަން އެކަޑަމީއާ ގުޅިގެން ބާއްވާ މުބާރާތެކެވެ. މުބާރާތުގެ މަގުސަދަކީ ސައުތު ރީޖަންގެ އޮފީސްތަކުގެ މުވައްޒަފުންގެ ގުޅުން ބަދަހިކުރުމާއި، އޮފީސް އަދި ފަރުދީ ފެންވަރުގައި ބެޑުމިންޓަން ކުޅުންތެރިން އުފެއްދުމެވެ. އަދި އެކުޅުންތެރިންގެ ފެންވަރު މަތިކުރުމާއި، ދެކުނު ސަރަހައްދުގައި ބެޑުމިންޓަންގެ މަގުބޫލްކަން އިތުރު ކުރުމެވެ.