English Edition
Dhivehi Edition
22 މާރިޗު 2020 ވަނަ ދުވަހު ހުޅުމާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި އަލިފާން ނިއްވުމުގެ މަސައްކަތް ކުރަނީ - ފޮޓޯ: އެމްއެންޑީއެފް

ހުޅުމާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ ހުޅުމާލޭ ހިރުނދު މަގުގައި އޮންނަ ހުސްބިމެއްގައި އަލިފާނުގެ ހާދިސާއެއް ހިނގިކަމުގެ ޚަބަރު ލިބިފައި ވަނީ މިއަދު ހެނދުނު 10:53 ހާއިރު ކަމަށެވެ.

އަދި އެ ހާދިސާގެ ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ހުޅުމާލޭ ފަޔަރ ސްޓޭޝަނުން ވަނީ ޙަރަކާތްތެރިވެ، ރޯވި އަލިފާންގަނޑު ނިއްވާލައިފަ އެވެ.

މީގެ އިތުރުން އެމްއެންޑީއެފް އިން ބުނީ އެ އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ހިރުނދު މަގުގައި ހުރި ހިސްބިމެއްގައި ހުރި އެލުމިނިއަމް ސާމާނުތަކެއްގައި ރޯވެގެން ކަމަށެވެ.

އެ އަލިފާންގަނޑު ރޯވި ސަބަބެއް އަދި މިހާތަނަށް ސާފެއް ނުވެއެވެ.