English Edition
Dhivehi Edition

ރާއްޖޭގައި ކަރަންޓީން ކޮށްފައި ތިބި މީހުންގެ އަދަދު 150 އަށް އަރައިފި އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުން އަންނަ ކޮވިޑް-19 ވައިރަސް ރާއްޖެއިންވެސް ފެނިފައިވާއިރު މި ވައިރަހަށް ފައްސިވި 13 މީހަކު ރާއްޖޭގައި އެބަ ތިއްބެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިހާތަނަށް 150 މީހުން ކަރަންޓީން ކޮށްފައި ރާއްޖޭގައި އެބަ ތިބި ކަމަށެވެ.

އޭގެ ތެރޭގައި ވިލިވަރުގައި ކަރަންޓީނު ކުރެވިފައިވާ މީހުންގެ ޢަދަދަކީ – 25 އެވެ.
ހުޅުލޭގައި ކަރަންޓީނު ކުރެވިފައި ތިބި މީހުންގެ އަދަދު 74 އަށް އަރާއިރު ފަން އައިލެންޑް ކަރަންޓީން ފެސިލިޓީ ގައި ތިބީ 51 މީހުންނެވެ.

ރާއްޖޭގައި ކޮވިޑް-19 އާއި ގުޅިގެން ވެލިދޫ އަސޮލޭޝަންގައި 16 މީހުން އެކަހެރި ކޮށްފައިވާއިރު 2 މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

ކޮވިޑް-19 ގެ މިހާރުގެ ޙާލަތަށް ބަލާއިރު މުޅި ދުނިޔެއިން މިހާތަނަށް 214،910 މީހަކަށް ވަނީ ބަލި ޖެހިފަ އެވެ. ބަލީގައި މަރުވި މީހުންގެ ޢަދަދަކީ 8،733 އެވެ. ބަލިން ފަސޭހަވި މީހުންގެ ޢަދަދަކީ 83،207 އެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތު ހޯއްދެވުމަށް ހިލޭ ގުޅޭ ނަންބަރަކީ 1676 އެވެ.

1 ކޮމެންޓް
Na
މާޗް 19, 2020
https://www.worldometers.info/coronavirus/ misait in latest update