English Edition
Dhivehi Edition

ކޮވިޑް-19 ވައިރަސް ފެތުރުން ހުއްޓުވުމަށް ކުރެވޭ މަސައްކަތްތަކުގެ ދަށުން، ބޭރު ގައުމުތަކުން ރާއްޖެއަށް ދަތުރުކުރުން މަނާ ނުކުރާ ސަރައްހައްދުތަކުން އަންނަ ދިވެހިން އެކަހެރި ކުރުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނިންމައިފި އެވެ.

އާންމު ސިއްޙަތު ރައްކާތެރި ކުރުމުގެ ޤާނޫނުން ލިބިދޭ ބާރުގެ ދަށުން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާއިރު ބުދަދުވަހު ބުދަ ދުވަހު ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިރޭ ދަންވަރު 12:00 އިން ފެށިގެން އެ އެޖެންސީން ވަކި ގޮތެއް އަންގަންދެން އެމެރިކާއިން ރާއްޖެއަށް އަންނަ ދިވެހިން ސަރުކާރުން ކަނޑައަޅާ ތަނެއްގައި 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީން ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެހެން ގައުމުތަކުން އަންނަ ދިވެހިން 14 ދުވަހަށް ގޭގައި އެކަހެރި ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭން ބޭރު ގައުމުތަކުގެ ތެރެއިން މިހާތަނަށް ރާއްޖެ އައުން މަނާކޮށްފައިވާ ގައުމުތަކުން ރާއްޖެއަށް އަންނަ ދިވެހިން މީގެ ކުރިން ވެސް ގެންދިޔައީ އެކަހެރި ކުރަމުންނެވެ. އެ އުސޫލަށް މިހާރު ވެސް ދަނީ އަމަލު ކުރަމުންނެވެ.

ރާއްޖެއަށް ފަތުރުވެރިން އައުން މަނާކޮށްފައި ވަނީ ޗައިނާ، އިރާން، އިޓަލީ، ސްޕެއިން، މެލޭޝިޔާ އަދި އިނގެރޭސިވިލާތުންނެވެ. މީގެ އިތުރުން ކޮރެއާގެ ދެ ސަރަހައްދަކުންނާއި، ޖަރުމަން އަދި ފްރާންސްގެ ބައެއް ސިޓީތަކުން ވެސް މީހުން އައުން ވަނީ މަނާކޮށްފައެވެ.

ރާއްޖޭން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވް 13 މީހަކު ވަނީ ފެނިފަ އެވެ. އެއީ ހަތަރު ރިސޯޓެއްގައި ތިބި ބިދޭސީންނާއި ޓޫރިސްޓުންތަކެއްގެ އިތުރުން ސަފާރީއެއްގައި ތިބި ބިދޭސީންތަކެކެވެ. އިތުރު ބަޔަކު ބަލީގެ އަލާމާތްތައް ފެނިގެން ވަނީ އެކަހެރިކޮށްފަ އެވެ. އޭގެ ތެރެއިން ބައެއް މީހުން ޓެސްޓް ކުރުމަށްޓަކައި ސާމްޕަލް ވެސް ވަނީ ނަގާފަ އެވެ،