English Edition
Dhivehi Edition

“އެފްއޭއެމް މައިލޯ އިންޓަ ސްކޫލް” ފުޓްބޯޅަ މުބާރާތުގެ 13 އަހަރުން ދަށުގެ އުމުރުފުރާގައި ފޭދޫ ސްކޫލް އާއި ޝަރަފުއްދީން ސްކޫލް ބައްދަލު ކުރި މެޗު 7-3 ލަނޑުން ފޭދޫ ސްކޫލް ބަލިކޮށް ޝަރަފުއްދީން ސްކޫލް ފައިނަލްގެ އުންމީދު ބޮޑު ކޮށްފިއެވެ.

އިއްޔެ ހަވީރު ފޭދޫ ސްކޫލާއި ކުޅެ ޝަރަފުއްދީން ސްކޫލް ބޮޑު ތަފާތަކުން މޮޅުވި ނަމަވެސް ޝަރަފުއްދީން ސްކޫލްއަށް ފައިނަލްގެ ޖާގައެއް ކަށަވަރު ވާނީ ގްރޫޕް ސްޓޭޖް ފަހު މެޗުގައި ޝަމްސުއްދީން ސްކޫލް އާއި ކުޅޭ މެޗުން މޮޅުވެގެން ނުވަތަ މެޗު އެއްވަރު ކޮށްގެންނެވެ.

ޝަމްސުއްދީންނާއި ކުޅޭ މެޗުން ޝަރަފުއްދީން ބަލި ވެއްޖެ ނަމަ ލަނޑުގެ ތަފާތުން ފައިނަލްގެ ޖާގައެއް ލިބޭނީ ހިތަދޫ ސްކޫލްއަށެވެ.

އިއްޔެ ކުޅުނު މެޗުގައި ޝަރަފުއްދީން ސްކޫލްގެ ލަނޑުތައް ޖަހާފައިވަނީ މުޅި މެޗުގައި މޮޅު ކުޅުމެއް ދެއްކި ސަރަފުއްދީން ސްކޫލްގެ ޖާރޒީ ނަންބަރު 10 އަހްމަދު މައިސަން ށާނީޒް 4 ލަނޑު ޖަހާފައިވާ އިރު މުހައްމަދު ޝާއިން މުހިއްދީން ވަނީ 2ލަނޑު ޖަހާފައެވެ.އަދި ޝަރަފުއްދީން ސްކޫލްގެ އިބްރާޙިމް އަޒުވާން މުޙައްމަދު ވަނީ 1 ގޯލް ޖަހާފައެވެ.

މިމެޗުގައި ފޭދޫ ސްކޫލް އިން 2 ލަނޑު ޖަހާފައިވެއެވެ.މީގެ ތެރެއިން 1 ލަނޑު ޝަރައްފުއްދީން ސްކޫލް ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަދެފައިވާ ފޭދޫ ސްކޫލްގެ ދެވަނަ ލަނޑު ޖަހާ ދީފައިވަނީ މުޙައްމަދު އައިލަމް ހަފީލްއެވެ.