English Edition
Dhivehi Edition

ހޮރައިޒަން އެކަޑަމީގެ އަށްވަނަ އިންޓަރ އޮފީސް ބެޑުމިންޓަން މުބާރާތުގެ ފައިނަލް މެޗުތައް މާދަމާ ކުޅޭނެއެވެ. މުބާރާތުގައި ޖުމްލަ ހަ ޓީމް ވާދަކުރިއެވެ. އޭގެ ތެރެއިން ދެ ޓީމެއްވަނީ ފައިނަލަށް ގޮސްފައެވެ. އެއީ ފިރިހެން ޓީމް އިވެންޓުން ޓީމަކާއި އަންހެން ޓީމް އިވެންޓުން ޓީމެކެވެ. ފިރިހެން ޓީމް އިވެންޓުން އެއް ކޮޅުން ފައިނަލަށް ގޮސްފައިވަނީ އައްޑޫ ބެޑްމިންޓަން ކުލަބު (އޭބީސީ) ގެ ބީ ޓީމެވެ. އަންހެން ޓީމް އިވެންޓުން ފައިނަލަށް ގޮސްފައިވަނީ ފެނަކަ ކޯޕަރޭޝަނެވެ. މި ދެޓީމާ އަނެއްކޮޅުން ފައިނަލުގައި ވާދަކުރާނެ ޓީމްތައް ކަނޑައެޅިގެންދާނީ މިއަދުގެ މެޗުތަކަށް ފަހުގައެވެ. ފިރިހެން އިވެންޓުގެ ދެވަނަ ސެމީގައި މިއަދު ކުޅޭނީ އައްޑޫ ބެޑުމިންޓަން ކުލަބު (އޭބީސީ) ގެ ސީ ޓީމާއި، އޭ ޓީމެވެ. އަންހެން ޓީމް އިވެންޓުގެ ދެވަނަ ސެމީގައި ވާދަކުރާނީ އައްޑޫބެޑްމިންޓަން ކުލަބު (އޭބީސީ) ގެ ސީ ޓީމާއި ބީ ޓީމެވެ.