އިތުރު ބިދޭސީއެއްގެ ގައިން ވައިރަހުގެ އަލާމާތްތައް ފެނިއްޖެ އެވެ.
ނުރައްކާތެރި ކޮވިޑް-19 ބަލީގެ އަލާމާތްތައް ފެނިފައިވަނީ އަނަންތަރާ ކިހަވަކުގައި ހުރި ބިދޭސީއެއްގެ ގައިންނެވެ. އޭނާ މިހާރު ވަނީ އެ ރިސޯޓުގައި އެކަހެރިކޮށްފައެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ އެ ރިސޯޓަށް މީހުން އަރާ ފޭބުން މަނާކޮށްފައިވާ ކަމަށެވެ.
އެޗްޕީއޭ އިން ބުނީ ޓްރެވަލް ކްލިނިކަށް ޑޮކްޓަރަށް ދައްކަން އައި ދިވެއްސެއްގެ ގައިން ވެސް ވައިރަހުގެ އަލާމާތްތައް ފެނިގެން އޭނާގެ ސާމްޕަލް ނަގާފައިވާ ކަމަށެވެ. އެމީހާ އެކަހެރިކޮށް ބަހައްޓައިގެން އިތުރަށް މޮނިޓަރކޮށް، ޓެސްޓު ކުރުމުގެ މަސައްކަތަށް ފަރުކޮޅުފުއްޓަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާކަމަށް އެ އެޖެންސީ އިން ބުނެ އެވެ.
Samples will be taken from a foreign national in Anantara Kihavah who developed #COVID19 like symptoms.
The individual has been placed under home-isolation.
The resort is currently under monitoring.
— HPA Maldives (@HPA_MV) March 16, 2020
ރާއްޖޭގައި ކޮވިޑް-19 އަށް ފައްސިވި 13 މީހުން ތިބިއިރު ވިލިވަރުގައި ކަރަންޓީން ކޮށްފައި ތިބި މީހުންގެ ޢަދަދަކީ 11 އެވެ. އަދި ފަރުކޮޅުގައި 14 މީހަކު އެކަހެރިކޮށްފައި އެބަ ތިއްބެވެ.