English Edition
Dhivehi Edition

ޝެރަޓަން އައިލެންޑް ރިސޯޓުން ކޮރޯނާވައިރަސް، ކޮވިޑް-19 އަށް ޓެސްޓު ކުރި ދެ ސާމްޕަލް ނެގެޓިވް ވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން މިއަދު ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ، ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ޝެރަޓަން އައިލަންޑް ރިސޯޓު ނެގި 2 ޓެސްޓުގެ ނަތީޖާ ނެގެޓިވް ވެފައިވާތީ އެ ރަށްތަކުން މޮނިޓަރިންގްގެ ހާލަތުން ނަގާފައިވާކަމަށެވެ.

ރާއްޖެއިން މިހާތަނަށް 13 މީހަކު ކޮރޯނާއަށް ޕޮޒިޓިވް ވެފައިވާއިރު ރާއްޖޭގައި 30 ދުވަހުގެ މުއްދަތަށް އާންމު ސިއްހަތުގެ ކުއްލި ނުރައްކާ ވަނީ އިއުލާނު ކޮށްފަ އެވެ.

ރާއްޖެއިން ޕޮޒިޓިވް ކޭސްތައް ފެނިފައިވަނީ ކުރެއްދޫ އައިލެންޑް ރިސޯޓުން 5 މީހަކާއި ބަތަލާ ރިސޯޓުން 2 މީހުން، ކުރަމަތި ރިސޯޓުން 2 މީހުން، އަނަންތަރާ ދިގު ރިސޯޓުން 2 މީހުންނާއި އައިލެންޑް ސަފާރީ ބޯޓުނ ދެ މީހުންނެވެ.