English Edition
Dhivehi Edition

ކޮވިޑް-19 އާ ގުޅިގެން ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވުމަށް ޗައިނާ އިން ކޮށްދެވޭނެ ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާކޮށްފިއެވެ.

މިކަމާގުޅޭ ގޮތުން، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ޖޭންގް ލީޖޮންގް ވަނީ މިއަދު ބައްދަލުކުރައްވާފައެވެ.

ބައްދަލުކުރެއްވުމަށް ފަހު މިނިސްޓަރ ކުރެއްވެވި ޓުވީޓުގައި ވިދާޅުވެފައިވަނީ ރާއްޖެއަށް ބޭނުންޖެހޭ ކޮންމެ ދަނޑިވަޅެއްގައި ޗައިނާއަކީ ވަރަށް މުހިއްމު ބައިވެރިއެއް ކަމަށާއި އަދި އިތުބާރުކުރެވޭ ރަހުމަތްތެރިއެއް ކަމަށެވެ.

ބައްދަލުވުމާ ގުޅޭގޮތުން ޗައިނާ ސަފީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖެއަށް ކޮންމެހެން ބޭނުންވާ ތަކެތީގެ ލިސްޓެއް މިހާރު އެކުލަވާލެވިފައިވާ ކަމަށެވެ.

“އަޅުގަނޑަށް ޔަގީން މިއީ، އެހީތެރިކަމާއި އެއްބާރުލުމުގެ ފެށުމެއްކަން،” ޗައިނާއިން ހަދިޔާކުރާ ތަކެތީގެ ތަފްސީލެއް ނުދެއްވާ ސަފީރު ވިދާޅުވި އެވެ.