English Edition
Dhivehi Edition

ދުނިޔޭގެ އެކި ހިސާބުތަކަށް ފެތުރިފައިވާ ނުރައްކާތެރި ކޮވިޑް-19 އަކީ މުޅި ދުނިޔެއަށް ފެތުރޭ ބައްޔެއް(ޕެންޑެމިކް) އެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅައިފި އެވެ.

ޑަބްލިއުއެޗްއޯ ގެ ޗީފް އެގްޒެކިއުޓިވް ޑރ. ޓެޑްރޮސް އަދަނޮމް ވިދާޅުވީ އެ ޖަމިއްޔާއިން ދުނިޔޭގެ ހުރިހާ ޤައުމަކަށް ވައިރަހުން ރައްކާތެރިވުމަށް އެޅެންހުރި ހުރިހާ ފިޔަވަޅެއް އެޅުމަށް ގޮވާލާ ކަމަށެވެ.

މުޅި ދުނިޔެއިން 112،000 މީހުންނަށް މި ވައިރަސް ޖެހިފައިވާއިރު 4،000 މީހުން ވަނީ މި ބަލި ޖެހިގެން މަރުވެފައެވެ.

ޗައިނާގައި ބަލިޖެހޭ މީހުންގެ މިންވަރު މަދުވެފައިވާއިރު ދުނިޔޭގެ އެހެން ހިސާބުތަކުގައި ދަނީ މި ބަލިޖެހޭ މީހުންގެ އަދަދު އިތުރުވަމުންނެވެ. އޭގެ ތެރޭގައި އިޓަލީ އާއި އިނގިރޭސިވިލާތް ފަދަ ޤައުމުތައް ހިމެނެ އެވެ.

ސިއްޙީ ދާއިރާގެ މާހިރުން ބުނާގޮތުން މި ބަލީގެ ޖަރާސީމް ހަށިގަނޑުގައި ހުރި މީހަކު އަޅާލާ އެންމެ ކިނބިއްސަކުންވެސް،އަދި އެއްފަހަރު ކެއްސާލިއަސް އެމީހެއްގެ ގާތުގައި ތިބޭ އެހެން މީހުންނަށް މި ވައިރަސްގެ އަސަރު ފޯރައެވެ. އެހެންކަމުން ބަލި ޖެހިފައިވާ ނުވަތަ ބަލީގެ ޢަލާމާތް ފެންނަ ހުރިހާ އެންމެން ރައްކާތެރި ކަމުގެ ގޮތުން އެޅެން ހުރި ހުރިހާ ފިޔަވަޅެއް އެޅުމާއެކު މީހުންނާއި އެކަހެރިކޮށް އުޅުމަކީ މިބަލި ފެތުރުނަ ނުދިނުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.