English Edition
Dhivehi Edition
ދުނިޔޭގެ އެކި ހިސާބުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ވައިރަސް އާއި ގުޅިގެން ވަގުތީގޮތުން ރާއްޖޭގެ ސްކޫލްތައް ބަންދުކުރުމަށް މުދައްރިސުންގެ ޖަމުޢިއްއްޔާ، މޯލްޑިވްސް ޓީޗާސް އެސޯސިއޭޝަނުން ގޮވާލައިފި އެވެ.
މުދައްރިސުންގެ ޖަމުޢިއްޔާއިން މިގޮތަށް ގޮވާލާފައިވާއިރު ކޮވިޑް-19 ޖެހިގެން ރާއްޖެއިން ފެނުނު މީހުންގެ ޢަދަދު މިއަދު ވަނީ 8 ކަށް އަރާފައެވެ.
މުދައްރިސުންގެ ޖަމިއްޔާއިން ވިދާޅުވީ ސިއްހީ ތަޖުރިބާކާރުންގެ އިރުޝާދާއި އެއްކޮށް ރާއްޖޭގެ ސްކޫލްތައް ވަގުތީގޮތުން ބަންދުކުރުމަށް ގޮވާލާ ކަމަށެވެ. ތައުލީމީ ދާއިރާގެ ބޭފުޅުންނާއި ދަރިވަރުންނާއި މި ދާއިރާގެ މަސައްކަތްތެރިންގެ ސަލާމަތަކީ ފުރަތަމަ އަށް އިސްކަން ދޭންޖެހޭ އެއްކަން ކަމަށް އެ ޖަމިއްޔާ އިން ވިދާޅުވިއެވެ.
މިއަދު ރާއްޖެއިން ކޮވިޑް-19 ވައިރަހަށް އިތުރު 2 މީހަކު ފައްސި (ޕޮޒިޓިވް) ވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިއުލާން ކޮށްފައިވާއިރު މި ދެ މީހުންނަކީ އއ.އަތޮޅު، ކުރަމަތި އައިލެންޑް ރިސޯޓުގައި މަސައްކަތް ކުރާ 2 ބިދޭސީންނެވެ.
ކޮވިޑް19 ވައިރަސް ރާއްޖެއިން ފެނުމާއި ގުޅިގެން ގިނަ ބައެއްގެ ހިތުގައި ބިރުވެރިކަން އުފެދިފައިވާ މި ދަނޑިވަޅުގައި ސަރުކާރުން ގެންދަނީ ވައިރަހާއި ގުޅިގެން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ މުހިއްމު މައުލޫމާތު ފޯރުކޮށްދެމުންނެވެ. ވައިރަސް ޖެހުނު މީހުންނަށް ފަރުވާދިނުމަށް ކަރަންޓީން ކޮށްފައިވާއިރު ވައިރަހަށް ޝައްކުކުރެވޭ މީހުންވެސް ސަރުކާރުން ގެންދަނީ ވަރަށް ގާތުން ބަލަމުންނެވެ.

1 ކޮމެންޓް
Heu thebe vei
މާޗް 11, 2020
Ekam education akun ekan Adah ni ahaaheh ?