COVID-19: Qaumuge mihaaruge haalathaa behey gothun vazeerunge majileehun mashvaraa kurahvaifi - AO News COVID-19: Qaumuge mihaaruge haalathaa behey gothun vazeerunge majileehun mashvaraa kurahvaifi

ކޮވިޑް 19 ކަވަރޭޖް

  • 6.2 ޓަނުގެ ބޭސް އިންޑިއާއިން ރާއްޖެ ގެނެސްދީފި
  • މަހުގެ ތަފާތު ބާވަތްތަކާއެކު ހިތަދޫ މަސްމާރުކޭޓް ހުޅުވައިފި
940,753 CONFIRMED
196,221 RECOVERED
697,013 ACTIVE
47,519 DEATHS
WORLD
19 CONFIRMED
13 RECOVERED
6 ACTIVE
0 DEATHS
MALDIVES
Last updated on : 2020-04-02 11:06
10 މާރިޗު 2020ގައި ބޭއްވެވި ވަޒީޜުންގެ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް
ކޮވިޑް-19: ޤައުމުގެ މިހާރުގެ ޙާލަތާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުން މަޝްވަރާކުރައްވައިފި
3 ހަފްތާ ކުރިން

ކޮވިޑް-19 ރާއްޖެއިން ފެނުމާ ގުޅިގެން ސަރުކާރުގެ ވުޒާރާތަކުން މިހާރު އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާއި، ޤައުމުގެ މިހާރުގެ ޙާލަތާބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި އިއްޔެ މަޝްވަރާ ކުރައްވައިފިއެވެ.

Advt

Advertisement

ވަޒީރުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާ ފަށްޓަވަމުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކޮވިޑް-19 އަށް ޕޮޒިޓިވް ހަ މީހަކު ރާއްޖެއިން ފެނުމާ ގުޅިގެން، މިހާރުން މިހާރަށް އިތުރަށް އެޅެން ހުރި ފިޔަވަޅުތައް އެޅުމުގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ. އަދި އެ ބަލި ކޮންޓްރޯލް ކުރެއްވުމަށްޓަކައި ހާލަތަށް ބައްލަވައި އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިއީ، ވީހާވެސް ތެދު މަޢުލޫމާތު ރައްޔިތުންނަށް އޮޅުންފިލުވައިދީ، ރައްޔިތުންގެ ތެރޭގައި ނުތަނަވަސްކަން އުފެދޭ ގޮތަކަށް ކަންކަން ދިޔަ ނުދިނުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ ވަގުތު ކަމަށްވެސް ވިދާޅުވިއެވެ.

އިއްޔެގެ ޖަލްސާގައި، ކޮވިޑް-19 އާ ގުޅިގެން މިހާރު ޔެލޯ އެލަރޓް ނެރެފައިވުމާއެކު، ސަރުކާރުގެ ޚަރަދުތައް ވީހާވެސް ބޮޑަށް ކުޑަކުރެއްވުމުގެ މުހިއްމު ކަމުގެ މައްޗަށާއި، ހުރިހާ އިދާރާއަކުންވެސް ކޮންމެހެން ކުރަންޖެހޭ ޚަރަދުތައް ފިޔަވައި އެހެން ޚަރަދުތައް މިވަގުތު ނުކުރެއްވުމަށް ބާރު އަޅުއްވައި މެންބަރުން ވާހަކަފުޅު ދެއްކެވިއެވެ. ހަމައެއާއެކު، ސަރުކާރުގެ ހުރިހާ ވުޒާރާތައް ގުޅިގެން މަސައްކަތްކޮށް އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އެޅުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމުގެ މުހިއްމު ކަމުގެ މައްޗަށްވެސް މެންބަރުން ބައްލަވާލެއްވިއެވެ.