COVID-19 aai gulhigen Malé ge miskiy thakugai dhiyaa saiboani fulhi bahattaifi - AO News COVID-19 aai gulhigen Malé ge miskiy thakugai dhiyaa saiboani fulhi bahattaifi

ކޮވިޑް 19ކަވަރޭޖް

1,431,951CONFIRMED
302,209RECOVERED
1,047,657ACTIVE
82,085DEATHS
19CONFIRMED
13RECOVERED
6ACTIVE
0DEATHS
މާލޭގެ މިސްކިތްތަކުގައި ދިޔާ ސައިބޯނި ފުޅި ބަހައްޓައިފި - ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ކޮވިޑް-19 އާއި ގުޅިގެން މާލޭގެ މިސްކިތްތަކުގައި ދިޔާ ސައިބޯނި ފުޅި ބަހައްޓައިފި
4 ހަފްތާ ކުރިން

ޗައިނާގެ ވުހާން އިން އުފެދުނު ކޮރޯނާވައިރަސްގެ ސަބަބުން ޖެހޭ ކޮވިޑް-19 އާއި ގުޅިގެން މާލޭގެ މިސްކިތްތަކުގައި ދިޔާ ސައިބޯނި ފުޅި ބަހައްޓައިފި އެވެ.

Advt

Advertisement

އިސްލާމިކް މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ކޮވިޑް-19 އާއި ގުޅިގެން މިސްކިތަށް ދުރުވާ ބޭފުޅުންގެ ރައްކާތެރިކަމަށްޓަކައި ބޭނުންކުރެއްވުމަށް މާލެ ސިޓީ ކައުންސިލާއި އެ މިނިސްޓްރީ އާއި ގުޅިގެން ދިޔާ ސައިބޯނި ފުޅި ބަހައްޓާފައިވާ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން އެ ވައިރަސްގެ އަލާމާތްތައް ކަމަށް ބެލެވޭ ހުންައައުމާއި، ރޯގާ ޖެހުމާއި، ކެއްސާ ކިނބިހި އަޅާ މީހުންނާއި، ކަރަންޓީނުކޮށްފައިވާ ރަށަކަށް އަރާފައިވާ މީހުން، އާންމުން އެއްވެ އުޅެ ޖަމާޢަތްތަކުގެ ތެރެއަށް ނިކުމެ ނޫޅުމަށާއި، މިސްކިތުގެ ޖަމާޢަތަށް ނުދިއުމަށް މީގެ ކުރިން އިލްތިމާސްކޮށްފަ އެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ހަ މީހަކު ވަނީ ފެނިފައެވެ. އޭގެ ތެރެއިން ހަތަރު ކޭސްއަކީ މި ވައިރަސް ފުރަތަމަ ފެނުނު ކުރެއްދޫ އައިލެންޑް ރިސޯޓުން ފެނުނު ކޭސްތަކެކެވެ. އަނެއް ދެ މީހުންނަކީ ސޭންޑީސް ބަތަލާއަށް ޗުއްޓީ ހޭދަކޮށްލަން އައިސްފައި ތިބި އިޓަލީވިލާތުގެ ދެ ފަތުރުވެރިންނެވެ.

މުޅި ރާއްޖެ ޔެލޯ އެލަރޓްގައި އޮތްއިރު، މި ބައްޔަށް ޕޮޒިޓިވްވީ ފަރާތްތައް ތިބި ދެ ރިސޯޓު ކަމަށްވާ ޅ.ކުރެއްދޫ އައިލަންޑް ރިސޯޓް އަދި އއ. ސޭންޑީސް ބަތަލާ ވަނީ އޮރެންޖް އެލަރޓުގައެވެ. އަދި އދ. ވިލަމަންދޫ ރިސޯޓުގައި މަސައްކަތްކުރަމުންދާ ދިވެއްސެއް ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރުމުން ޓެސްޓު ހެދުމުގެ މަސައްކަތް ކުރިއަށްދާއިރު، މޮނިޓަރ ކުރުމަށާއި “ކޮންޓެކްޓް ޓްރޭސިންގ” ހެދުމަށް އެރަށަށް އަރައި ފޭބުން ވަނީ ވަގުތީ ގޮތުން މަނާކޮށްފަ އެވެ.

މުޅި ދުނިޔޭގައި މިހާރު ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 114,422 އަށް އަރާފައިވާއިރު، އެ ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 4,027 އަށް އަރައިފަ އެވެ. މި ނުރައްކާތެރި ބަލި އަދިވެސް ދުނިޔޭގެ އެކި ހިސާބުތަކުގައ ހަލުވިކަމާއެކު ފެތުރެމުންދާއިރު، މި ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފައެވެ.