English Edition
Dhivehi Edition

ދިވެހިރާއްޖޭގައި ކޮވިޑް-19 ވައިރަސް ޖެހުނު މީހުންގެ އަދަދު 6 ކަށް އަރައިފި އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއި އެކީ ފެތުރެމުން އަންނަ ނުރައްކާތެރި ކޮވިޑް-19 ދިވެހިރާއްޖެއިން ފެނިފައިވާއިރު މިއަދާއި ހަމައަށް ރާއްޖެއިން މި ބަލި ޖެހިގެން 6 މީހުން ރިޕޯޓުކޮށްފައިވާކަމަށް ދިވެހި ސަރުކާރުން ހާމަކުރެއެވެ.

ވައިރަހުގެ ކަންކަން ހާމަކުރުމަށް ސަރުކާރުން ހަމަޖައްސާފައިވާ ތަރުޖަމާނު މަބްރޫކް އަޒީޒް ވަނީ މިއަދު ރާއްޖެއިން ބަލީގެ 2 ކޭސް ފެނިފައިވާކަމަށް ވިދާޅުވެފައެވެ. ވައިރަހުގެ އެންމެ ގިނަ ކޭސްތައް، އަދި އެންމެ ފުރަތަމަ ރާއްޖެއިން ވައިރަސް ފެނިފައި ވަނީ ކުރެއްދޫ އައިލެންޑް ރިސޯޓުންނެވެ. އެ ރިސޯޓުން 4 މީހަކު ވައިރަހަށް ޕޮޒިޓިވް ވެފައިވާކަމަށް ސަރުކާރުން ވިދާޅުވެ އެވެ.

މިއަދު ރާއްޖެއިން ވައިރަސް ފެނިފައި ވަނީ ސޭންޑީސް ބަތަލާ ރިސޯޓުންނެވެ. އެ ރިސޯޓުން ބަލީގެ 2 ކޭސް ވަނީ ފެނިފައެވެ. ފަރުކޮޅު ގައި 2 މީހަކު ކަރަންޓީން ކޮށްފައިވާއިރު 9 މީހަކު ވަނީ އެތަނުގައި އައިސޮލޭޓް ކޮށްފައެވެ.

ސަރުކާރުން ވަނީ ވައިރަސް ފެނިފައިވާ ބައެއް ޤައުމުތަކަށް ދިއުމާއި އެތަންތަނުން މީހުން އައުން މަނާކޮށްފައެވެ. ނަމަވެސް ދިވެހީންނާއި, ދިވެހީންނާއި ކައިވެނިކޮށްގެން އުޅޭ އެ ޤައުމުތަކުގެ މީހުން މިކަމުން އިސްތިސްނާ ވާނެ އެވެ. މި ޤައުމުތަކަކީ؛
1. ޗައިނާ
2. އިރާން
3. ސައުތު ކޮރެއާ
4. އިޓަލީ
5. ބަންގްލަދޭޝް