އައްސޭރި ޖަލުގައި ހިންގި ހަމަނުޖެހުމެއްގެ ތެރޭގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންތަކަކަށް އަނިޔާވެއްޖެ އެވެ.
ކަރެކްޝަންސް އިން މިއަދު ކުރި ޓްވީޓްތަކެއްގައި ބުނެފައި ވަނީ ޤައިދީއަކު ޖަލުގައި ގެންގުޅުން މަނާ އެއްޗެއް ގެންގުޅޭކަން ފާހަގަ ކުރެވިގެން ޖަލު އޮފިސަރުން އޭތި ނަގަން މަސައްކަތް ކުރުމުން ބައެއް އެހެން ގައިދީން ބައިވެރިވެގެން އައްސޭރި ޖަލުގައި ރޭ ހަމަނުޖެހުމެއް ހިންގާފައިވާ ކަމަށެވެ.
އަދި ރޭ އައްސޭރި ޖަލުގައި ހިންގި އެ ހަމަނުޖެހުމުގައި ތިން އޮފިސަރަކަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފައި ކަމަށްވެސް ކަރެކްޝަންސް އިން ބުނެއެވެ.