English Edition
Dhivehi Edition

ކެންގަރޫ ކިޑްސްގެ އިންޓަރހައުސް ސްވިމިންގ ފެސްޓިވަލް ބާއްވައިފިއެވެ. 16 އޮގަސްޓް ގައި ބޭއްވި މި ފެސްޓިވަލްގައި ޕްރީ ސްކޫލުގެ ކެޓަގަރީ އާއި ޕްރައިމަރީ ގްރޭޑް ކެޓަގަރީން ގާތްގަނޑަކަށް 200 ދަރިވަރުން ބައިވެރިވެފައިވާ ކަމަށް ކެންގަރޫ އިން ބުނެއެވެ.

ފެސްޓިވަލްގައި ކުރިއަށް ގެންދިޔަ އިވެންޓް ތަކުގެ ތެރޭގައި ފްރީސްޓައިލް އާއި ފްލެޓާ ކިކް، ބެކް ސްޓޯލްސް، ބްރެސްޓް ސްޓޯލްކް ހިމެނެއެވެ.

މުބާރާތުގައި ބައިވެރިވި ދަރިވަރުންނަށް ސެޓްފިކެޓާއި މެޑެލް ހަވާލުކޮށްދެއްވެވީ ކެންގަރޫގެ ޕްރިންސިޕަލް އައިޝަތު އަޒުރާއެވެ.

މި މުބާރާތުގައި ވަނަ ތަކަށް އައި ދަރިވަރުން ގެ ތެރެއިން އިންޓަރ ސްކޫލް ފެތުމުގެ މުބާރާތަށް ދަރިވަރުން ވަނީ ހޮވާފައެވެ.

ކެންގަރޫ ސްކޫލުން ބުނީ އެސްކޫލުގެ މި ފެސްޓިވަލަށް ބެލެނިވެރިންނާއި އަދި އެމްއެންޑީއެފުގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެން ދިޔަ ކަމަށެވެ.

އައްޑޫގެ ގިނަ ސްކޫލުތަކުން މި ދުވަސްވަރު ފެތުމުގެ މުބާރާތްތައް ސްކޫލު ލެވެލްގައި ކުރިއަށް ގެންދާއިރު އައްޑޫގެ ސްކޫލްތަކުގެ މެދުގައި ބާއްވާ އިންތަރ ސްކޫލް ފެތުމުގެ މި މަހުގެ ތެރޭގައި ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.