English Edition
Dhivehi Edition

މި ސަރުކާރުން 500 އަށް ވުރެ ގިނަ މަޝްރޫއު ފަށައިގެން އެބަ ހިންގާ ކަމަށް ހައުސިން އެންޑް އާބަން ޑިވަލޮޕްމަންޓް މިނިސްޓްރީން ބުނެފި އެވެ.

މިއަދު ހައުސިން އެންޑް އާބަން ޑިވަލޮޕްމަންޓް މިނިސްޓްރީން އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި ސަރުކާރުން ހިންގާފައިވާ ޕީއެސްއައިޕީ މަސައްކަތްތަކުގެ ތެރެއިން ޕްލޭނިން މަރުހަލާ އިން ފެށިގެން މުޅިން ނިމިފައި ހުރި މަޝްރޫއުތައް ހިމަނައިގެން ޖުމުލަ 547 މަޝްރޫއެއް ކުރިޔަށް އެބަ ގެންދެއެވެ. އޭގެ ތެރެއިން 152 މަޝްރޫއެއްގެ ޑިޒައިން ނިމި އަމަލީ މަސައްކަތް ވަނީ ފަށާފައެވެ. މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މި ސަރުކާރުން ފެއްޓެވި 49 މަޝްރޫއެއް މިހާރު ނިމިފައިވާ އިރު 6 މަޝްރޫއެއް ވަނީ ހުއްޓިފައި އެވެ.

މިނިސްޓްރީން މިއަދު އާންމުކުރި ތަފާސްހިސާބުތަކުގައި ފައްޓާފައިވާ އެއްވެސް މަޝްރޫއެއްގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙުގެ ސަރުކާރުން ހިންގާފައިވާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ ހިސާބުތައް އާންމު ކުރިއިރު ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ލީޑާޝިޕްގެ ބައެއް ބޭފުޅުން ނާއި ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ސަރުކާރުން ހިންގާ ތަރައްގީގެ އެކި މަޝްރޫއު ތަކުގެ ފޮޓޯތައް ޓުވީޓު ކުރައްވަމުންނެވެ.

1 ކޮމެންޓް
ސަރުކާނު
މާޗް 1, 2020
އިންޑިއާގަ؟