Bali meehunnah ziyaaraiy kurun madhu kurumah IGMH in edhijje - AO News
English Edition
Dhivehi Edition

Worldwide

  • 32,101,060confirmed
  • 23,682,042recovered
  • 7,436,998active
  • 982,020deaths

Maldives

  • 9,885confirmed
  • 8,530recovered
  • 1,315active
  • 34deaths

ކޮވިޑް 19 ކަވަރޭޖް

7 މަސް ކުރިން
އައިޖީެއެމްއެޗް - ފޮޓޯ: މޯލްޑިވްސް ބިޒްނަސް ރިވިއު

މިދުވަސްވަރަކީ މާލޭގައި ރޯގާ އަދި ފާނަބަސަންދު ފެތުރޭ ދުވަސްވަރަކަށްވާތީވެ ބަލިމީހުންގެ އަދި އަމިއްލަ ރައްކަލަށްޓަކައި، ބަލިމީހުންނަށް ޒިޔާރަތް ކުރާ މިންވަރު މަދުކުރުމަށް އައިޖީއެމްއެޗް އިން އެދިއްޖެ އެވެ.

އައިޖީއެމްއެޗް އިން މިއަދު ބުނީ މިދުވަސްވަރު ބަލިތައް ފެތުރެމުންދާތީ ބަލިމީހުންނާއި އަމިއްލަ ރައްކާތެރިކަމަށް ސަމާލުވުމަށް އަންގައިފަ އެވެ.

އެގޮތުން ފާނަބަސަންދު ޖެހިގެން އުޅޭ ގެއެއްގެ މީހުންނަކީ (ކުރިން ފާނަބަސަންދު ޖެހިފައި ނުވާ މީހުން އަދި ފާނަބަސަންދަށް ވެކްސިން ދެޑޯޒް ޖަހާފައި ނުވާ މީހުން) އަލާމާތެއް ފެންނަން ނެތަސް ބައްޔަށް ހުށަހެޅިފައިވާ މީހުންގެ ޒަރީއާއިން ބަލި ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށް ވުމާއެކު، އެފަދަ ފަރާތްތަކުން ބަލި މީހުންނަށް ޒިޔާރަތް ނުކުރުމަށް އައިޖީއެމްއެޗް އިން ވަނީ އެދިފައެވެ.

އަދި ކުޑަކުދިންނާއި ދިފާޢީ ނިޒާމު ބަލިކަށި ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުންގެ އިތުރުން ރޯގާޖެހި، ހުން އައިސް، ކިނބިހި އަޅާ ނުވަތަ ކެއްސާ މީހުންވެސް ހޮސްޕިޓަލުގައި ތިބި ބަލި މީހުންގެ ގާތަށް މިދުވަސްވަރު ޒިޔާރަތް ނުކުރުމަށް އެ ހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފަ އެވެ.

މީގެ އިތުރުން ބަލިތަކުން ރައްކާތެރިވުމަށް އަދި ބަލި ފެތުރުން ހުއްޓުވުމަށް ސަމާލުކަން ދިނުމަށްވެސް އައިޖީއެމްއެޗް އިން ވަނީ އިލްތިމާސްކޮށްފަ އެވެ. އެގޮތުން ކެއްސާ ކިނބިހި އަޅާއިރު ނޭފަތާއި އަނގަމަތި ނިވާކުރުމާއި، ސައިބޯނި ލައިގެން ގިނަގިނައިން އަތް ދޮވުން ނުވަތަ ސެނިޓައިޒާއެއް ބޭނުންކުރުން އަދި އަތް ދޮވެގެން މެނުވީ ލޮލާއި، އަނގަ އަދި ނޭފަތުގައި އަތް ނުލުމާއި، ރޯނގާ ޖެހި، ކިނބިހި އަޅާ ނުވަތަ ކެއްސާނަމަ ސިއްޙީ މާހިރުންގެ ލަފަޔާއި އިރުޝާދާއި އެއްގޮތަށް މާސްކު ބޭނުންކުރުމަށް އެ ހޮސްޕިޓަލުން ވަނީ އެދިފަ އެވެ.

އަދި ބޭނުންކޮށްފައިވާ މާސްކު/ޓިޝޫ ފަދަ ތަކެތި ކޮތަޅަކަށްލާ ބަންދު ކުރުމަށްފަހު ނުވަތަ ކޮތަޅު ލައްވާފައިވާ ޑަސްބިނަކަށްލުމަށާއި، އިންފްލުއެންޒާ ވެކްސިން، ފާނަބަސަންދު ވެކްސިން، އެމްއާރު ވެކްސިން ނުނަންގަވާ ފަރާތްތައް، ސިއްޙީ މާހިރުންގެ ލަފަޔާއި އިރުޝަދާއި އެއްގޮތަށް ވީ އެންމެ އަވަހަކަށް ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކުރުމަށްވެސް އެ ހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ރާއްޖޭގައި ފާނަބަސަންދު ފެތުރެމުންދާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނުރައްކާތެރި ކޮރޯނާވައިރަސް ދަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ. އެގޮތުން އެ ބަލީގެ ސަބަބުން މިހާތަނަށް 2,900 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.