English Edition
Dhivehi Edition
ނިއު ޕޯޓް ސަރަޙައްދުގައި ހުރި ކުނިތަކެއްގައި ރޯވެގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ޙަރަކާތްތެރިވަނީ - ފޮޓޯ: އެމްއެންޑީއެފް

މާލޭ ނިއު ޕޯޓް ރެސްޓޯރެންޓް ސަރަޙައްދުގައި ހުރި ކުނިތަކެއްގައި ރޯވެގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ޙަރަކާތްތެރިވެއްޖެ އެވެ.

އެމްއެންޑީއެފް އިން ބުނީ ނިއު ޕޯޓް ރެސްޓޯރެންޓްގެ އުތުރުން ހަދަމުންދާ އިމާރާތެއްގެ ހުސް ބިމުގައި ހުރި ކުނިތަކެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސަސް އިން ޙަރަކާތްތެރިވެފައިވާ ކަމަށެވެ. އަދި އެ ހާދިސާގައި ރޯވި އަލިފާންގަނޑު މިހާރު ނިއްވާލާފައިވާ ކަމަށްވެސް އެމްއެންޑީއެފް އިން ބުނެއެވެ.

އެމްއެންޑީއެފް އިން ބުނީ އެ ހާދިސާގެ މަޢުލޫމާތު ފަޔަރ އެންޑް ރެސްކިއު ސަރވިސަސް އަށް ލިބިފައި ވަނީ ރޭ ފަތިހު 05:38 ހާއިރު ކަމަށެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުންވެފައިވާކަން ނުވަތަ ނޫންކަމެއް އަދި އެނގިފައި ނުވާއިރު، އެމްއެންޑީއެފް އިން އެކަމާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއްވެސް އަދި ހާމައެއް ނުކުރެއެވެ.