Dr. Muizzu mirey fulus offeehah haaziru vaan angaifi - AO News
English Edition
Dhivehi Edition

Worldwide

  • 32,101,060confirmed
  • 23,682,042recovered
  • 7,436,998active
  • 982,020deaths

Maldives

  • 9,885confirmed
  • 8,530recovered
  • 1,315active
  • 34deaths

ކޮވިޑް 19 ކަވަރޭޖް

7 މަސް ކުރިން
ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒު، 06 ޑިސެމްބަރު 2019ގައި ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި ރެލީއެއްގައި - ފޮޓޯ: ފަޔާޒު މޫސާ (ސަން)

ކުރީގެ ހައުސިންގ މިނިސްޓަރ، ޑރ. މުޙައްމަދު މުއިއްޒު މިރޭ ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.

ޕީޕީއެމް އިން ބުނީ ޑރ. މުއިއްޒު ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައި ވަނީ މިރޭ 8:00 އަށް ކަމަށެވެ. ނަމަވެސް އެކަމާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އެ ޕާޓީން ހާމަކޮށްފައެއް ނުވެއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓްގައި މާލެ ސިޓީގެ މޭޔަރުކަމަށްވެސް ވާދަކުރާ އެޕާޓީގެ ނައިބު ރައީސް، ޑރ. މުއިއްޒު މިރޭ ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައި މިވަނީ ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް އޭޖީ (“ނޫމަޑި“) އަށް ބަދަލުގެ ގޮތުގައި ސަރުކާރުން 55 މިލިއަން އެމެރިކާ ޑޮލަރު (848 މިލިއަން ރުފިޔާ) ދޭން ޖެހުނު މައްސަލައާއި ގުޅިގެން ޑރ. މުއިއްޒުގެ މައްސަލަ ސެޓްލްމަންޓް ކޮމިޓީން ފުލުހުންނަށް ހުށަހަޅާފައި ވަނިކޮށެވެ.

ދިވެހި ސަރުކާރުގެ ފަރާތުން ބަދަލުގެ ގޮތުގައި ގާތްގަނޑަކަށް $155,000,000 (ސަތޭކަ ފަންސާސް ފަސް މިލިއަން އެމެރިކާ ޑޮލަރު) އާއި އާބިޓްރޭޝަނާގުޅޭ އިތުރު ޚަރަދުތައް ހޯދުމަށް އެދި ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ހުށަހެޅި 2 (ދޭއް) މައްސަލަ، އާބިޓްރޭޝަނުން ބޭރުގައި ޙައްލުކޮށް ސެޓްލްމަންޓް އެގްރީމެންޓެއްގައި ދިވެހި ސަރުކާރާއި ނޫމަޑިގެ ފަރާތުން ސޮއިކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 25 ވަނަ ދުވަހު އެވެ.

ނޫމަޑިގެ ފަރާތުން އާބިޓްރޭޝަނަށް ހުށަހެޅި ދެ މައްސަލައަކީ، ޕްރައިވެޓް ވިލާ މޮޑެލްގެ ދަށުން 600 ހައުސިންގ ޔުނިޓް ތަރައްޤީ ކުރުމަށްޓަކައި ނޫމަޑި އާއި އޭރުގެ މިނިސްޓްރީ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓާ ދެމެދު 20 ޖަނަވަރީ 2011 ގައި ސޮއިކުރެވިފައިވާ އެއްބަސްވުން (“ފޭސްIއެއްބަސްވުން“) އާއި، 500 ހައުސިންގ ޔުނިޓާއި، ޕޮލިސް އެކަޑަމީ ފޭސް I އާއި، 3 ރަށެއްގައި ނަރުދަމާގެ ނިޒާމު ތަރައްޤީކުރުމަށްޓަކައި ނޫމަޑި އާއި އޭރުގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއާއި ދެމެދު 30 މެއި 2013 ގައި ސޮއިކުރެވިފައިވާ އެއްބަސްވުން (“ފޭސްIIއެއްބަސްވުން“) އާ ގުޅިގެން ހުށަހެޅުނު މައްސަލަ އެވެ.

ޑރ. މުއިއްޒު މިރޭ ފުލުސް އޮފީހަށް ހާޒިރުކުރާއިރު، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ އެމްޑީޕީގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ރޭ މާލޭގައި ބޭއްވި ޖަލްސާގައި އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ މުއިއްޒު އަށް ގިނަ ބަހުގެ ހަމަލާތައް ރައްދު ކުރައްވައިފަ އެވެ.