English Edition
Dhivehi Edition
އެމްއެންޑީއެފް ކޯސްޓްގާޑެއް - ފޮޓޯ: އެމްއެންޑީއެފް

ނުވަ މީހުންނާއެކު ދަތުރުކުރަމުން ދަނިކޮށް ރޭ ފަރަށް އެރި ދޯނި ފުންކޮށްފި އެވެ.

އެމްއެންޑީއެފް އިން ރޭ ބުނީ ކ. ކޮއްދިއްޕަރު ރިސޯޓް ކައިރިއަށް ނައިޓް ފިޝިންގ އަށް ގޮސް އުޅުނު 65 ފޫޓުގެ “އެންދެރި” ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއް، ކޮއްދިއްޕަރު ފަރަށް އެރިކަމުގެ މަޢުލާތު އެމްއެންޑީއެފް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ ރޭ 10:30 ހާއިރު ކަމަށެވެ.

އަދި އެ ހާދިސާގެ ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް މެއިން އޭރިއާ ކޯސްގާޓް ސްކޮޑްރަންއިން ވަނީ ޙަރަކާތްތެރިވެ، ދޯނި ފަރަށް އެރިތާ ގަޑިއެއްހާއިރު ތެރޭ ދޯނި ފުންކޮށްފައި ކަމަށްވެސް އެމްއެންޑީއެފް އިން ބުނެއެވެ.

އެ ހާދިސާ ހިނގި ވަގުތު ދޯނީގައި ތިބީ ހަ ފިރިހެނުންނާއި ތިން އަންހެނުންނެވެ. އަދި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާއިރު، ދޯންޏަށްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.