English Edition
Dhivehi Edition
މޯލްޑިވިއަންގެ ފްލައިޓެއް - ފޮޓޯ: މޯލްޑިވިއަން

ރާއްޖޭގެ ޤައުމީ އެއާލައިން، މޯލްޑިވިއަން އިން އައްޑޫ ސިޓީ ގަމަށް އަދި ގަމުން އެހެން މަންޒިލްތަކަށް ދަތުރުކުރާ ފަރާތްތަކަށް ވަރަށް ޚާއްސަ ފެއާއެއް ތަޢާރަފްކޮށްފި އެވެ.

މޯލްޑިވިއަން އިން ބުނީ މިއަދު ގަމުން އަދި ގަމަށް އެއްކޮޅު ޓިކެޓް 849ރ. ލިބޭނެ ކަމަށެވެ. އަދި އެ ފެއާގެ ޓިކެޓް ވިއްކަނީ މިއަދަށް ޝެޑިއުލްކޮށްފައިވާ މޯލްޑިވިއަންގެ ދެ ފްލައިޓަކަށް ކަމަށްވެސް އެ އެއާލައިނުން ބުނެއެވެ.

އެގޮތުން ކޮޅަކަށް 849ރ. އަށް ޓިކެޓް ލިބޭ އެ ފެއާއިން ދަތުރުކުރެވޭނީ މިއަދު ބާއްވާ މޯލްޑިވިއަންގެ Q2106 އަދި Q2107 ފްލައިޓުންނެވެ. މި ފްލައިޓްތައް އޮންނާނީ މިއަދު މެންދުރުފަހާއި ރޭގަނޑާއި ދެމެދު އެވެ.

މޯލްޑިވިއަން އިން ބުނީ މޯލްޑިވިއަންގެ އޮފީހުގެ ނަންބަރު 3335544 އަށް ގުޅައިގެން އެ ފެއާގެ ދަށުން ޓިކެޓް ބުކް ކުރެވޭނެ ކަމަށެވެ.

ކޮންމެ ދުވަހަކުވެސް މޯލްޑިވިއަންގެ ޝެޑިއުލް ފްލައިޓްތައް އައްޑޫ ސިޓީ އަށް އޮވެއެވެ. އާންމު ގޮތެއްގައި ގަމާއި މާލެއާއި ދެމެދު އެއްކޮޅު ޓިކެޓް މޯލްޑިވިއަނުން ވިއްކާ އެންމެ ކުޑަ އަގަކީ 899ރ. އެވެ.