English Edition
Dhivehi Edition

iranee

 

 

ފެތުރެމުންދާ ކޮރޯނާ ވައިރަހަށް ވެކްސިނެއް 18މަސް ތެރޭގައި އުފެއްދޭވަރުވާނޭ ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ބުނެފި އެވެ.

ޑަބްލިއުއެޗްއޯ އިން މިހެން ބުނެފައިވާއިރު ޔޫއެން އިން ވަނީ ކޮރޯނާ ވައިރަހަށް ރަސްމީކޮށް ކިޔާނޭ ނަމެއްވެސް ކަނޑައަޅާފައި އެވެ. އެގޮތުން ޔޫއެން އިން ކޮރޯނާ ވައިރަހަށް ރަސްމީކޮށް ކިޔަން ނިންމާފައިވާ ނަމަކީ ‘ސީއޯވީއައިޑީ-19’ އެވެ.

ކޮރޯނާވައިރަސް ފުރަތަމަ ފެނިފައި ވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު ޗައިނާގެ ވުހާން ސިޓީ ހިމެނޭ ވުހާން ޕްރޮވިންސުންނެވެ. ޖަނަވާރުންގެ ޒަރިއްޔާއިން އިންސާނުންގެ ގަޔަށް ފެތުރޭ ކަމަށް ފުރަތަމަ ހީކުރެވުނު މި ބަލި އިންސާނުން އިންސާނުން ގަޔަށްވެސް އަރާކަމަށް ފަހުން ވަނީ ހޯދިފައެވެ.

ހަލުވިކަމާއި އެކީ ފެތުރެމުން އަންނަ ނޮވެލް ކޮރޯނާ ވައިރަހަށް މިހާތަނަށް އެއްވެސް ވެކްސިނެއް އަދި ބޭހެއްވެސް އުފެއްދިފައި ނުވާއިރު މި ބަލި ވަނީ ހަލުވިކަމާއި އެކީ ފެތުރި ޗައިނާއިން ބޭރަށް ވެސް ފެތުރިފައެވެ. އެގޮތުން ދުނިޔޭގެ 25 ހަށްވުރެ ގިނަ ޤައުމުން ވަނީ މި ބަލި ފެނިފައެވެ.

ކޮރޯނާ ވައިރަސް ޖެހިގެން މަރުވިމީހުންގެ އަދަދު މިހާތަނަށް 1،000 އަށްވުރެ މައްޗަށް އަރާފައިވާއިރު 42،000 އަށްވުރެ ގިނަ މީހުންނަށް މި ބަލި ވަނީ ޖެހިފައެވެ. ގައިންގަޔަށް އަރާ މި ބަލި ކޮންޓްރޯލް ކުރުމަށް ބަލި ޖެހިފައިވާ ފަރާތްތަކަށް ފަރުވާދެމުން ދަނީ އެމީހުން އެކަހެރިކޮށް ބައިތިއްބައިގެންނެވެ.