English Edition
Dhivehi Edition
ހުޅުމާލޭ ފުރަތަމަ ފިޔަވަހި - ފޮޓޯ: އެޗްޑީސީ

ހުޅުމާލޭގައި ކެފޭ ކޯޓެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދަން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާންކޮށްފި އެވެ.

އެޗްޑީސީ އިން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައި ވަނީ ހުޅުމާލެއިން ވިޔަފާރި ބޭނުމަށް ބިން ކުއްޔަށް ދޫކުރުމަށް ޕްެރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން ހުޅުމާލޭގައި ކެފޭ ކޯޓެއް އެޅުމަށް ދޫކުރުމަށް ނިންމާފައިވަނީ 19،093.39 އަކަފޫޓުގެ 11617
(
N2-26) ނަންބަރު ލޮޓް އެވެ.

25 އަހަރު ދުވަހުގެ މުއްދަތަށް ދޫކުރުމަށް ހަމަޖެހިފައިވާ އެ ބިމުގެ އަކަފޫޓަކަށް ހުށަހެޅޭނެ އެންމެ ކުޑަ ކުލި އަކީ އަކަފޫޓަކަށް 16.40ރ. ކަމަށް އެޗްޑީސީ އިން ބުނެއެވެ. އަދި އެ ބިމަށް އެދި ކުރިމަތިލާ ފަރާތަކީ ދިވެހި ކުންފުންޏެއް ކަމަށްވާނަމަ، ބިޑް ސެކިއުރިޓީގެ ގޮތުގައި 500،000ރ. ދައްކަން ޖެހޭނެ އެވެ. އަދި ރާއްޖެއިން ބޭރު ހިއްސާވާ ކުންފުންޏެއްނަމަ ބިޑް ސެކިއުރިޓީގެ ގޮތުގައި ދައްކަން ޖެހޭނީ 100،000 އެމެރިކާ ޑޮލަރެވެ.

އެކަމާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް ފެބްރުއަރީ 23 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 1:00ގެ ކުރިން އެޗްޑީސީގެ ރިއަލް އެސްޓޭޓް މެނޭޖްމަންޓް ޑިޕާޓްމަންޓަށް ނުވަތަ [email protected] އަށް އީމެއިލްކޮށްގެން ސާފުކުރެވޭނެ އެވެ. އެ ސުވާލުތަކުގެ ޖަވާބު އެޗްޑީސީގެ ވެބްސައިޓަށް އަޕްލޯޑްކުރެވޭނެ އެވެ.

އެޗްޑީސީ އިން ބުނީ އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމަށް ހަމަޖެހިފައިވާ ތާރީޚު އަދި ފަހުން އިއުލާންކުރާނެ ކަމަށެވެ.