English Edition
Dhivehi Edition

ހަތަރު މީހުނާއެކު ގދ.ފިޔޯރީން ފުރައިގެން އައްޑޫ ސިޓީ ހިތަދޫއަށް ދަތުރުކުރި “މިހޯ ޕެލެސް” ނަމަކަށް ކިޔާ ލޯންޗެއް ފުރިފަހުން ޚަބަރެއް ނުވެގެން ހޯދަމުންދަނިކޮށް މިރޭ ފަތިހު ފެނިއްޖެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް(އެމްއެންޑީއެފް) އިން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ އިއްޔެ ހަވީރު 16:30 ހާއިރު މި ލޯންޗު ގދ.ފިޔޯރީން ފުރިފަހުން ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑަށް ރޭ 22:33 ހާއިރު މަޢުލޫމާތު ދީފައިވާ ކަމަށެވެ. މި މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ލޯންޗު އެފްއައިސީ ދޮޝިމޭނާ ވަނީ ހަރަކާތްތެރިވާން ފަށާފައެވެ.

މި ހާދިސާގައި ޚަބަރެއް ނުވެގެން ހޯދަމުންދިޔަ ލޯންޗު ފެނިފައިވަނީ މިރޭ ފަތިހު 04:00 ހާއިރު އައްޑޫ ސިޓީ ހިތަދޫގެ އުތުރުން 15 މޭލު ބޭރުންނެވެ. މި ލޯންޗު މިރޭ ފަތިހު 05:30 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު ވަނީ އައްޑޫ ސިޓީ ހިތަދޫއަށް ގެންދެވިފައެވެ.

އަދި މި ލޯންޗުން ދަތުރުކުރި 4 މީހުންގެ ހާލުވެސް ރަނގަޅުކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.