English Edition
Dhivehi Edition
ހުޅުމާލޭގެ މަތިން ނަގާފައިވާ މަންޒަރެއް - ފޮޓޯ: އެޗްޑީސީ

މިއަދު ހުޅުމާލޭގައި ހިންގި އެކްސިޑެންޓެއްގައި 3 މީހަކަށް އެކި ވަރުގެ އަނިޔާ ވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މިއަދު ހުޅުމާލޭ ރަބަރުގަސް މަގުން ދުއްވާފައި ދިޔަ ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަން އެ އިދާރާއަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. މި އެކްސިޑެންޓުގެ މައުލޫމާތު ފުލުހުންގެ އިދާރާއަށް ލިބިފައި ވަނީ މިއަދު 13:45 ހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިއަދު ހުޅުމާލޭގައި 2 ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި އެތަނުން އެއް ސައިކަލު ދުއްވަން އިނީ 25 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާ އަކީ ސައިކަލު ދުއްވުމުގެ ލައިސަންސު އޮތް މީހެއް ނޫންކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވިދާޅުވީ އަނެއް ސައިކަލު ދުއްވަން އިނީ 25 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާ އަކީ ޓްރެފިކް މައްސަލައެއްގައި މީގެ ކުރިން ލައިސަންސް ހިފަހައްޓާފައިވާ މީހެއް ކަމަށެވެ.

އެތަނުން އެއް ސައިކަލުގެ ފަހަތުގައިވެސް މީހަކު އިން ކަމަށާއި މި ތިން މީހުންނަށް އެކިވަރުގެ އަނިޔާ ލިބިގެން ހުޅުމާލޭގެ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދެވިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.