English Edition
Dhivehi Edition

މިދިޔަ މަހުގެ 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ތެރެއަށް ވަން މައްސަލާގައި އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ 12 މެމްބަރެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.މި މެމްބަރުންގެ މައްސަލަ ޕީޖީއަށް ފޮނުވާފައިވަނީ މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ވަން މައްސަލައާ ގުޅިގެންނެވެ.

އެ މެމްބަރުންނަކީ:

  • ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު
  • ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލް ކަރީމް
  • މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު
  • ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދު ދީދީ
  • ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް
  • ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު
  • ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް
  • ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދު ސޯލިހު
  • ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން
  • ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފް
  • ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން
  • މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު

އެ ދުވަހު މެންބަރުންތައް މަޖިލީސް ކުރާ ގެއަށް ވަދެފައި ވަނީ ފާރުމަތިން ފުންމާލައިގެންނާއި، ފުލުހުންގެ ސަފުތައް ފޫއަޅުވާލުމަށްފަހުއެވެ. އެ މެންބަރުންތައް މަޖީލީހަށް ވަނުމާއެކު ފުލުހުންނާއި ސިފައިން ވަދެ މެންބަރުންތައް ވަނީ ނެެރެފައެވެ.

ފުލުހުންގެ ސަފުތައް ފަޅާލައި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުއި މީގެ ކުރިން ގިނަ އަދަދެއްގެ މެންބަރުން ފުލުސް އޮފީހަށް ހާޒިރުކޮށް ތަހުގީގު ހިންގާފައިވާއިރު، އެ މެންބަރުންނާއި މެދު ދައުވާ ކުރަން ފުލުހުން ޕީޖީ އަށް ފޮނުވާފައިވަނީ އިއްޔެއެވެ.

އެ މެމްބަރުންގެ ތެރެއިން ސައުދާއި އަމީތުގެ އިތުރުން ވަހީދު ހުރީ ފުލުހުންގެ ބަންދުގައެވެ. އެ ތިން މެމްބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅުމުން އެ މައްސަލަ ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ.