English Edition
Dhivehi Edition

 

ދިރާގާއި ބައިކްމޯލްޑިވްސް ގުޅިގެން ރާއްޖޭގެ ސްކޫލްތަކަށް އަމާޒުކޮށްގެން ބާއްވަމުން އަންނަ މަމެން އިންޓަރ ސްކޫލް ސައިކްލިން ޗެމްޕިއަންޝިޕްގެ 3 ވަނަ މުބާރާތް، މިއަހަރު މާރޗު 14 ގައި ބާއްވަން ވަނީ ހަމަޖެހިފައެވެ. މި މުބާރާތް ބާއްވަން ހަމަޖެހިފައި ވަނީ ހުޅުމާލެ ރޭސިންގ ޓްރެކްގައިއެވެ.

 

މި މުބާރާތުގައި މިފަހަރުވެސް ތަފާތު 20 ރޭހެއް ކުރިއަށްދާނެވެ. މުބާރާތުގެ އުމުރުފުރާތައް ބަހާލެވިފައިވަނީ 13 އަހަރުން ދަށާއި 15 އަހަރުންދަށާއި 17 އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ އުމުރުފުރާއަށެވެ. ކޮންމެ އުމުރުފުރާއެއް ދެޖިންސް ވަކިން ކުރިއަށް ގެންދާ މި މުބާރާތުގައި އިތުރުކަމެއްގެ ގޮތުން 11 އަހަރުން ދަށުގެ އުމުރު ފުރާއަށް ޚާއްސަ ކޮށްގެން ބާއްވާ “ފަން ރައިޑް” ބައިސްކަލު ރޭހެއް އޮންނާނެއެވެ.

 

U11 – 1K Fun Ride
U13 – 200m + 1K or 3K
U15 – 200m + 1K or 3K
U17 – 200m + 5K or 10K

U19 – 200m + 5K or 10K

4K Team Pursuit – From each age group

 

2019 ވަނަ އަހަރު ބޭއްވި އިންޓަރ ސްކޫލް ސައިކްލިން ޗެމްޕިއަންޝިޕް މުބާރާތުގައި 600 އަށްވުރެއްގިނަ ދަރިވަރުން ޖުމްލަ 20 ސްކޫލަކުން ވަނީ ބައިވެރިވެފައެވެ. ކުރީ އަހަރުތަކާ ހިލާފަށް މި އަހަރު މި މުބާރާތް ކުރިއަށްދާނީ އެއްދުވަހުގެ ފޯރިގަދަ އިވެންޓެއްގެ ގޮތުގައެވެ. މި ރޭސް ކުރިއަށްދާނީ މާރޗު 14 ވަނަ ދުވަހުގެ ހެދުނު 7:00 ފެށިގެން ހަވީރު 6 ގެ ނިޔަލަށެވެ.

 

ބައިކް މޯލްޑިވްސްއަކީ 2016 ވަނަ އަހަރުން ފެށިގެން ބައިސްކަލު ދުއްވުމުގެ އާދަ ކުރިއަރުވަމުން އަންނަ ޖަމިއްޔާއެއް އަދި “ޔޫނިއަން ސައިކްލިސްޓް އިންޓަނޭޝަނަލް” ގެ މެންބަރެއްވެސްމެވެ.

 

ދިރާގާއި ބައިކް މޯލްޑިވްސް އިން މި އިވެންޓް ބޭއްވުމުގެ އަމާޒަކީ ވީހާވެސް ގިނަ ކުދިން ޅަފަތުގައި ދުޅަހެއޮ ސިއްހަތެއްގައި ތިބުމަށް އަހުލުވެރިކުރުވުމާއެކު ތިމާވެއްޓާ ރައްޓެހިގޮތް ޚިޔާރުކޮށް، އިންޖީނުލީ އުޅަނދުތައް މަދުކުރުމަށް އެއްބާރުލުން ދިނުމެވެ. މިއީ ދިރާގުގެ އެހެން އިވެންޓްތަކެކޭވެސް އެއްފަދައިން ޕްލާސްޓިކް ފްރީ އިވެންޓެކެވެ.