English Edition
Dhivehi Edition
ހެޕީމާކެޓްގެ ސީއީއޯ އަލީ އިޙްސާން

ހެޕީ މާކެޓުން ސާޖިކަލް މާކެޓް ޝިޕްމެންޓެއް އެތެރެކޮށް، އޭގެ ކޯސްޓް އަގުގައި ރައްޔިތުންނަށް ފޯރުކޮށްދެވޭތޯ މަސައްކަތް ކުރަމުން ގެންދާ ކަމަށް އެކުންފުނީގެ ސީއީއޯ އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

ހެޕީ މާކެޓްގެ ފޭސް ބުކް ޕޭޖުގައި އިޙްސާނު ވިދާޅުވެފައިވަނީ މުޅި ދުނިޔެ ސިއްހީ ކުއްލި ހާލަތަކަށް ތައްޔާރުވެފައިވާ މިފަދަ ދަނޑިވަޅެއްގައި ބައެއް ވިޔަފާރިތަކުން ސިއްހީ ގޮތުން ރައްކާތެރިވުމަށް ބޭނުންވާ ޒަރޫރީ މުދާ އަގުބޮޑުކޮށް ވިއްކުމަކީ ވިޔަފާރި ކުންފުންޏެއް ހިންގުމުގެ މަސައްކަތް ކުރާ މީހެއްގެ ހައިސިއްޔަތުން ވަރަށް ހިތާމަކުރާކަމެއް ކަމަށެވެ.

“ފަދަ ދަނޑިވަޅެއްގައި އަޅުގަނޑުމެން އިޖުތިމާޢީ ޒިންމާ އަދާކުރުމަށް ވިޔަފާރިތައް ހިންގާ ފަރާތްތަކަށް ގޮވާލަން.” އިހްސާން ވިދާޅުވެފައިވެއެވެ.

ކޮރޯނާވައިރަސް އަށް ޝައްކު ކުރެވޭ މީހަކު ރޭ ރާއްޖެ އިން ފެނުމުން މާސްކަށް އޮންނަ ޑިމާންޑް ވަރަށް ބޮޑަށް އިތުރުވެފައިވާ މިދަނޑިވަޅުގައި އިޙްސާނު ވިދާޅުވީ ހެޕީމާކެޓުން ގަނޑުކޮށް ވިއްކާ ހޭންޑް ސެނެޓައިޒާގެ އަގު، ވިއްކެން އޮތް އެންމެ ކުޑަ އަގަކަށް މިހާރު ވާނީ ތިރިކޮށްފައި ކަމަށެވެ. އަދި ސާރޖިކަލް މާސްކު ޝިޕްމެންޓެއް އެތެރެކޮށް އޭގެ ކޯސްޓް އަގުގައި ރައްޔިތުންނަށް ފޯރުކޮށްދެވޭތޯ މަސައްކަތް ކުރަމުން ގެންދާ ކަމަށް އިހްސާން ވަނީ ވިދާޅުވެފައެވެ.

ކޮރޯނާވައިރަސް އަށް ޝައްކު ކުރެވޭ މީހަކު ރޭ ރާއްޖެ އިން ފެނިއްޖެ ކަން ހެލްތު މިނިސްޓްރީން އިއުލާން ކުރުމާއި އެކު ގިނަ ބަޔަކު އަންނަނީ މާސްކް ގަންނަމުންނެވެ. އަދި އެސްޓީއޯއިން ވަނީ ކޮންޓްރޯލް ރޭޓެއްގައި މާސްކު ވިއްކާނެ ކަމަށް ބުނެފައެވެ.