English Edition
Dhivehi Edition

އިސްލާމް ދީނުގައި އޫރުމަސް ހަރާމް ކުރައްވަވާފައި ވަނީ ކީއްވެގެން ކަމާމެދު ބައެއް މީހުން ސުވާލު ކުރާ އަޑުއިވެއެވެ. މުސްލިމުންނަށް އޫރުމަސް ނުކެވެންވީ ސަބަބަކީ ކޮބައިކަމާއި އެމަހުގައި ހުރި މައްސަލައަކީ ކޮބައިކަމާ މެދު ވާހަކަ ދައްކާ އަޑުއިވެއެވެ. އޫރަކީ ހަޑި މުޑުދާރު އެއްޗެއްގެ ގޮތުގައި ދީނީ ގޮތުން ބެލިފައިވަނީ ކިހިނެއް ވެގެން ކަން އޮޅުން ފިލުވާ އަޑުވެސް އިވެއެވެ. އިސްލާމްދީން ދުނިޔެއަށް ފެތުރި، ދީނުގެ ރިވެތި އުސޫލުތަކަށް މީހުން ތަރުބިއްޔަތުވި ހިސާބުން ފެށިގެން މުސްލިމުން ވަނީ އޫރުމަހާ އަދި އޫރާ ގުޅުން ހުރި ހުރިހާ އެއްޗަކާ ގުޅުން ކަނޑާފައެވެ. ސަބަބަކީ ކީރިތި ގުރުއާނުންނާއި ރަސޫލާގެ ސުންނަތުން އެކަން އެގޮތަށް އަންގަވާފައިވާތީއެވެ. އޫރަކީ ހަރާމް އެއްޗެއްގެ ގޮތުގައި ލައްވަވާ އެއީ ކީއްވެގެން ކަން ވެސް އަންގަވާފައިވާތީއެވެ. ސައިންސުގެ އަލީގައި ވެސް މިހާރު އެވަނީ މިއީ ހަގީގަތްކަން ދުނިޔެއަށް ހާމަކޮށްދީފައެވެ.

1- އޫރަކީ ނަޖިސް ތަންތަނުގައި ދިރިއުޅޭ އަދި ފެންނަ ކޮންމެ އެއްޗެއް ކައިއުޅޭ ނަޖިސް ޖަނަވާރެކެވެ. އަމިއްލަ ނަޖިހާއި، އެހެން އޫރުގައި ހުންނަ ކެންސަރު އުފައްދާ މާއްދާތަކާއި، އެކިވައްތަރުގެ ސޫފާސޫއްޕާއި، މަރުވެފައި ހުންނަ ޖަނަވާރުގެ ހަން ކެއުމުގެ އިތުރުން އޫރަކީ އޭގެ އަމިއްލަ ކުޑަކަމުދާތަކެތި ބޮއި އުޅޭ ޖަނަވާރެކެވެ.

2- އޫރުގެ މަހުގައި ވިހަމާއްދާތައް އެބްޒޯބް ކުރާ މިންވަރު އެހެން ޖަނަވާރުންގެ މަހަށް ވުރެ އިތުރެވެ. މިފަދަ ވިހަ މާއްދާތަކުގެ ސަބަބުން އެ މަހަކީ ނުރައްކާތެރި އެއްޗަކަށް ވެގެންދެއެވެ.

3- މަންމަލި ޖަނަވާރުންގެ ތެރެއިން ހަށިގަނޑުން ދާ އުފައްދައި ނުދޭ ޖަނަވާރަކީ އޫރެވެ. ސަބަބަކީ ހަށިގަނޑުގެ ހޫނުމިން ކުޑަކޮށް ހަށިގަނޑު ފިނި ކުރުމަށް ޗަކަގަނޑުގެ ތެރޭގައި އެސޮރުމެން އެނބުރި އެއިން ހަށިގަނޑު ފޮރުވާކަމެވެ. ސަން ސްކްރީން އެއްގެ ގޮތުގައި އޫރު ބޭނުންކުރަނީ ތަންތަނުގައި ހެދިފައި ހުންނަ ޗަކައެވެ. މީގެ ސަބަބުން ހަންގަނޑުގައި ހުންނަ ދާ ބޭރުކޮށްދޭ ގްލޭންޑްސްތައް ބެދި ދާ އުފެދުން ހުއްޓުވަނީއެވެ.

4- އޫރަކީ ވިހަގަދަ އަދި ވަސް ނުބައި އަދި އޭގެ ވިހައިގެ ސަބަބުން އެހެން ވިހަތައް ނައްތާލާ އެއްޗެކެވެ. ހަރުފައެއް ދަތް އެޅިއަސް އަދި ވިހަލީ ކަމުގައި ވިޔަސް އޫރަކަށް އެއްވެސް އަސަރެއް ނުކުރެއެވެ. ސަބަބަކީ ހަރުފައިގެ ވިހަ އަށް ވުރެ އޫރުގެ ވިހަ ގަދަކަމުންނެވެ.

5- އޫރެއް މަރުވެއްޖެނަމަ ސޫފާ ސޫފިތަކުން އޭގެ މުޅަމަސްގަނޑަށް ވެރިވެ މަސްގަނޑު ކާގޮތް އެހެން ޖަނަވާރުންގެ މަހަށް ވުރެ އަވަހެވެ.

6- އޫރުމަސް ކައްކައި އޭގެ ހުރި ހުރިހާ ޖަރާސީމެއް ނައްތާލާވަރުގެ ރައްކާތެރި ފިނިހޫނު މިނެއް މިހާތަނަށް ހޯދިފައެއް ނުވެއެވެ.

7- އޫރުމަހުގައި ގިނަ އަދަދަކަށް ތެޔޮ ހިމެނެއެވެ. މިއީ އިންސާނުންގެ ސިއްހަތަށް ރަނގަޅު ނޫން މާއްދާއެކެވެ.

8- އޫރުގައި އިންސާނުންނަށް ނުރައްކާތެރި އަދި އޫރުގެ ސަބަބުން އިންސާނުންނަށް ޖެހިދާނެ 30 ވައްތަރުގެ ބައްޔެއް ހިމެނެއެވެ. އޫރުގެ ސަބަބުން ޓައިފޮއިޑް، އާތްރައިޓިކްސް، ގޭސްޓްރައިޓިސް، މެނިންޖައިޓިސް އަދި ގޯލް ބްލެޑާގެ ބަލިތައް ޖެހުމަށް މަގުފަހިވެއެވެ. އިސްލާމްދީނުގައި އޫރުގައި އަތް ނުލުމަށް އަންގަވާފައިވަނީ މި ސަބަބާހެދިއެވެ.

މީގެ އެތައް ޒަމާނެއްގެ ކުރިން މި ހުރިހާ ކަމެއް އިސްލާމް ދީން މެދުވެރިކޮށް އިންސާނީ ނަސްލަށް ފޯރުކޮށްދީ މުސްލިމުން އެކަމުން ރައްކާތެރިވުމަށް އަންގަވާފައިވާއިރު އެމަސް ބޭނުންކުރާ ސައިންސް ވެރިންވެސް މިވަނީ އިސްލާމްދީނުގެ ފުރިހަމަކަމާ މެދު އެއްބަސްވާން ޖެހިފައެވެ. އެމީހުންގެ ހޯދުންތަކުން އެނގިފައިމިވަނީ އިސްލާމްދީން މުސްލިމުންނަށް ދަސްކޮށްދީފައިވާ ކަންތައްތަކެވެ. މިފަދަ ހޯދުންތައް ހޯދާ ގިނަ ބަޔަކު އެންމެ ފަހުން އިސްލާމް ދީނަށް މަދެ މުސްލިމުންގެ ގޮތުގައި ދިރިއުޅެން ފަށަނީ އިސްލާމް ދީނަކީ އެންމެ ފުރިހަމަ ދީންކަން ޔަގީންވެ ކަށަވަރުވެގެންނެވެ.

 

 

4 ކޮމެންޓް
Ok Name
ފެބުރުއަރީ 1, 2020
Adhi eyge baiveriyaa ehen janavaarunna share kuraa echcheh oorakeee
Name
ފެބުރުއަރީ 1, 2020
Adhi eyge baiveriyaa ehen janavaarunna share kuraa echcheh oorakeee
Resort boy
ޖެނުއަރީ 31, 2020
Ooru kaane insaanunge mas ves, mini mas kaa janavaarunge mas keun haram vaa vaahaka ves genes dhinnama varah furihama vees, egothu ooruge ingiyya niyafathi hunna gothuge vaahaka gene veyne
Risort boy
ޖެނުއަރީ 31, 2020
Adhi varah furihama vees ooru mas keima body temperature dhashah dhaa vaahaka ves genainama, ehen meat keima body temperature dhaany mahchah, ehenve fini hisaabu thakuga oorumas kai ulheny!