English Edition
Dhivehi Edition

އަމިއްލަ ފަރާތްތަކުން ހިންގާ ނަފްސާނީ ފަރުވާދޭ ތަންތަނުން އާސަންދަ ލިބޭނެ ގޮތް ސަރުކާރުން ހަމަޖައްސަފި އެވެ.

އާސަންދަ އޮފީހުން މައުލޫމާތު ދިންގޮތުގައި މިކަމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙުގެ ރިޔާސީ ވައުދާ އެއްގޮތަށް އަމިއްލަ ކްލިނިކްތަކާއި ހޮސްޕިޓަލްތަކުން ފޯރުކޮށްދޭ ނަފްސާނީ ބަލީގެ ބައެއް ފަރުވާތައް، އާސަންދަ ސްކީމުގެ ތެރެއިން ލިބޭނެ ގޮތް ހެދުމުގެ ގޮތުން ފެއްޓެވި ކަމެކެވެ.

“މިފެށޭ ފެބްރުއަރީ މަހުން ފެށިގެން، އަމިއްލަ ކްލިނިކްތަކާއި ހޮސްޕިޓަލްތަކުން ފޯރުކޮށްދޭ ނަފްސާނީ ބަލީގެ ބައެއް ފަރުވާތައް، އާސަންދަ ސްކީމުގެ ތެރެއިން ލިބިދެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައި އެވެ.” އާސަންދަ އޮފީހުން ވިދާޅުވިއެވެ.

އާސަންދަ އޮފީހުން ބުނީ ސައިކޮލޮޖިކަލް ކޮންސަލްޓޭޝަން، ސައިކޮލޮޖިކަލް އެސެސްމެންޓް އަދި ސައިކޮލޮޖިކަލް ތެރަޕީ އާސަންދަ ސްކީމުން ކަށަވަރު ކުރާނޭ ކަމަށެވެ.

ސައިކޮލޮޖިކަލް ފަރުވާ ހޯއްދެވުމަށް އާސަންދަ ސްކީމުގެ ދަށުން ޕްރައިވެޓް ހޮސްޕިޓަލް ތަކާއި ކްލިނިކް ތަކުން ހޯއްދަވާ ޚިދުމަތްތަކަށް ކަނޑައެޅިފައި ވަނީ އަހަރަކަށް ޖުމްލަ -/5000 ރުފިޔާ ކަމަށް އާސަންދަ އޮފީހުން މަޢުލޫމާތު ދެއްވައެވެ.