English Edition
Dhivehi Edition

ޕްރައިވެޓް އިންޝުއަރެންސެއް އޮންނަ މީހުންނަށް އެ އިންޝުއަރެންސްގެ ލިމިޓް ހަމަވުމުން ނޫނީ އާސަންދަ ނުދޭން ނިންމި ނިންމުން ބަދަލުކޮށް، ޑުއަލް އިންޝުއަރެންސް ދޭން އަނެއްކާ ވެސް ފަށައިފި އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ސަރުކާރުން ނިންމާފައިވަނީ “އައުޓް ޕޭޝަންޓް”ގެ ޚިދުމަތްތައް ހޯދާ ފަރާތްތަކުގެ ތެރެއިން ޕްރައިވެޓް އިންޝުއަރަންސް އޮންނަ ފަރާތެއްނަމަ، ފުރަތަމަ ބިލްކުރާނީ ޕްރައިވެޓް އިންޝުއަރަންސުން ކަމަށެވެ. އަދި، އިންޝުއަރަންސްގެ ޕެކޭޖްތަކުގެ ލިމިޓް ހަމަވުމުން ނުވަތަ އިންޝުއަރަންސުން އެ ޚިދުމަތެއް ކަވަރު ނުކުރާނަމަ، އާސަންދަ ސްކީމުން އެ ޚިދުމަތަަށް ކަވަރުކުރާ ގޮތަށެވެ.

ނަމަވެސް، އެ އުސޫލަށް އާސަންދަ ކުންފުނިން މި ހަފުތާގައި ވަނީ ބަދަލެއް ގެނެސްފަ އެވެ. އެގޮތުން، ޕްރައިވެޓް އިންޝުއަރެންސަށް ކެނޑުމަށް ފަހު، އާސަންދައިން ވެސް ކުރިއެކޭ އެއްގޮތަށް މިހާރު ރުފިޔާ ކަނޑާ ގޮތަށް ވަނީ ބަދަލު ގެނެސްފައެވެ.

.އަމިއްލަ އިންޝުއަރެންސެއް އޮތް ނަމަ އެއިން ފައިސާ ދެއްކުމަށް ފަހު ބާކީ އަދަދު އަމިއްލައަށް ދައްކަންޖެހޭ ގޮތަށް އިންޝުއަރެންސް ނިޒާމަށް މިދިޔަ އަހަރު ގެނައި ބަދަލާ އެކު، ގިނަ ބަޔަކު ޝަކުވާކުރި އެވެ.

އަލުން ޑުއަލް އިންޝުއަރެންސް ދޭން ފެށުމުން ޕްރައިވެޓް އިންޝުއަރެންސް އޮންނަ މީހުންނަށް އެއާއެކު އާސަންދަ ވެސް ލިބި، އަމިއްލަ ހޮސްޕިޓަލުތަކުގައި ޑޮކްޓަރަށް ދައްކަން ކުރާ ޚަރަދު ކުރިއެކޭ އެއްގޮތަށް ވަރަށް ބޮޑަށް ލުއިވާނެއެވެ.