English Edition
Dhivehi Edition
ފޮޓޯ/ އެޗްޕީއޭ

ޗައިނާގައި ހަލުވިކަމާއި އެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަސްގެ އަސަރު ކޮށްފައިވާ މީހުން ދެނެގަންނާނެ ނިޒާމެއް ގާއިމްކޮށް އެފަދަ މީހުންނަށް ފަރުވާ ދޭނެ އިންތިޒާމް ތަކެއް ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.

މި ގޮތުންކޮރޯނާވައިރަސް އަށް ޝައްކުކުރެވޭ މީހުން އެކަހެރިކުރާ ދެ ފެސިލިޓީއެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ހުޅުމާލޭގައި ގާއިމުކޮށްފައިވާއިރު ކޮރޯނާ ވައިރަސްގެ ސަބަބުން ހާލަތު ސީރިއަސްވާ ބަލި މީހުންނަށް ފަރުވާ ދޭންޖެހޭ ހާލަތެއް މެދުވެރި ވެއްޖެ ނަމަ އެކަމަށް ހާއްސަ ކޮށް ފަރުވާދޭން ދަރުމަންތަ ހޮސްޕިޓަލްގައި އައިސީޔޫއެއް ވަނީ ގާއިމް ކޮށްފައެވެ. މީގެ އިތުރުން އެ ވައިރަސްގެ އަސަރު ކޮށްފައިވާ ކަމަށް ޝައްކު ކުރެވޭ މީހުން އެއްތަނުން އަނެއް ތަނަށް ގެންދިއުމަށް ވެސް ވަކި ހާއްސަ ވެހިކަލްތަކެއް ސަރުކާރުން މިހާރު ވަނީ ހަމަޖައްސާފައެވެ.

ޗައިނާގެ ވޫހާން ސިޓީއިން މިދިޔަ ޑިސެމްބަރު މަހު ފެނުނު މި ވައިރަސް މިހާރު ދުނިޔޭގެ އެކި ގައުމުތަކުންވެސް ފެންނަމުން އަންނައިރު މި ރޯގާއަށް ޝައްކުކުރެވޭ މީހުން ފާހަގަކުރުމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވަނީ ތާމަލް ކެމެރާ ހަރުކޮށްފަ އެވެ.މި ބައްޔަށް ޝައްކުކުރެވޭ މީހުން ނުވަތަ އެ ބަލި ޖެހިފައިވާކަމަށް ޔަގީންވާ މީހުން އެކަހެރިކުރުމަށް 12 އެނދުގެ އައިސޮލޭޝަން ފެސިލިޓީއެއް ހުޅުމާލޭގައި ގާއިމުކޮށްފައިވާއިރު ރޯގާގައި ހާލު ސީރިއަސްވާ މީހުންނަށް ފަރުވާދިނުމަށްޓަކައި ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފްލޯގައި ހަތަރު އެނދުގެ ހާއްސަ އައިސީޔޫ ފެސިލިޓީއެއް ސަރުކާރުންވަނީ ގާއިމުކޮށްފައެވެ.

މީގެ އިތުރުން މި ވައިރަސް އިން ރައްކާތެރިވުމުގެ ގޮތުން ސިއްހީ ދާއިރާގެ މުއައްޒަފުން ތަމްރީނުކޮށްފައިވާއިރު އެއާޕޯޓްގެ މުވައްޒިފުންނާއި، އެއާޕޯޓާއި ގުޅުންހުރި އެޖެންސީތަކުގެ މުވައްޒިފުން ވެސް ތަމްރީން ކުރުމަށް 04 ޕްރޮގްރާމް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ކޮރޯނާވައިރަހާ ގުޅިގެން އެޗްޕީއޭއިން ހާއްސަ ހޮޓްލައިނެއް ގާއިމުކޮށްފައިވާއިރު (7377004) ފާއިތުވެ ދިޔަ 24 ގަޑިއިރު ތެރޭގައި 29 ކޯލަކަށް ޖަވާބުދާރީވެފައިވާކަމަށް ސަރުކާރުންވަނީ ބުނެފައެވެ.