English Edition
Dhivehi Edition
ރައީސް މުޙައްމަދު ޞޯލިޙް މިއަދު ނޫސްވެރިންނާއި ބައްދަލު ކުރައްވަނީ

ޗައިނާގައި ތިބި ދިވެހީން ރާއްޖެ ގެންނަން ރައީސުލްޖުމްހޫރިޔާ އިބްރާހީމް މުހައްމަދު ޞާލިޙު ނިންމަވައިފި އެވެ.

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ދާދި ދެންމެއަކު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ޤައުމީ އެއާލައިން މޯލްޑިވިއަންއިން ޗައިނާއަށް ދަތުރުކުރާ ފަސްމަންޒިލުން ދިވެހިން ހިލޭ ރާއްޖެ ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙު ނިންމަވައިފައި ވާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ޗައިނާގައި ތިބި ދިވެހީންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ ދިވެހީން ޗައިނާގައި ހުންނަ ދިވެހި އެމްބަސީއަށް އެކަން އަނގަވައިދެއްވުން އެދޭ ކަމަށެވެ.

ރައީސް ޞާލިޙު މިފަދަ ނިންމުމެއް ނިންމަވާފައި މިވަނީ ޗައިނާގައި ހަލުވިކަމާއި އެކީ ފެތުރެމުން އަންނަ ކޮރޯނާ ވައިރަސްއާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިންރާހިމް މުޙައްމަދު ޞާލިޙު ސަރުކާރުގެ ކަމާއި ބެހޭ ފަރާތްތަކާއި އެކު މިއަދު ބައްދަކުރެއްވުމަށް ފަހުގައި އެވެ.


މިއަދު ހަވީރު ރައީސް އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކޮރޯނާ ވައިރަހުން ރައްކާތެރިވުމުގެ މަސައްކަތް ކުރަން އެކުލަވާލާފައިވާ ޓާސްކްފޯހުގެ މަސައްކަތްތަކާއި ބެހޭ މައުލޫމާތު އޮޅުން ފިލުއްވައިފަ އެވެ. އަދި މިހާތަނަށް އަޅާފައިވާ ފިޔަވަޅުތަކާ ބެހޭ މައުލޫމާތުވެސް އެމަނިކުފާނު އޮޅުން ފިލުއްވި އެވެ.

ހަލުވިކަމާއި އެކީ ޗައިނާގައި ކޮރޯނާ ވައިރަސް ފެތުރެމުން އަންނައިރު މިހާތަނަށް މި ބަލީގައި 106 މީހުން ވަނީ މަރުވެފައި އެވެ. އަދި 4،583 މީހަކަށް މި ބަލި ޖެހިފައިވާކަމަށް ވަނީ ރިޕޯޓު ކުރެވިފައި އެވެ.