English Edition
Dhivehi Edition

ދާދި ފަހުން ޓީވީ ތަރި ކުޝާލް ޕަންޖާބީ އަމިއްލައަށް މަރުވި ހަބަރާ އެކު ގިނަ ބަޔަކަށް ބޮޑު ހިތާމައެއް ލިބިގެންދިޔަ އިރު މިދިޔަ ހުކުރުދުވަހަކީވެސް ޓީވީ ތަރިއަކު އަމިއްލައަށް މަރުވުމުގެ ހިތާމަވެރި ހާދިސާއެއް ހިނގި ދުވަހެކެވެ. ސްޓާޕްލަސް އިން ދެއްކި ޑްރާމާ’ ދިލް ތޯ ހެޕީ ހޭ ޖީ’ އިން ފެނިގެން ދިޔަ ޒުވާން، ހުނަރުވެރި ތަރި ސޭޖަލް ޝަރުމާ ފެނުނީ، އޭނާ ދިރިއުޅޭ ގޭގައި އަމިއްލައަށް ދަންޖެހިގެން މަރުވެފައި ހުއްޓައެވެ. އޭނާ މަރުވުމުގެ ކުރިން ލިޔުނު ނޯޓުގައި އެ ނިންމުމަކީ އޭނާގެ އަމިއްލަ ނިންމުމެއް ކަމަށާއި އެކަމުގެ ޒިންމާއެއްވެސް ފަރާތަކުން ނަގަން ނުޖެހޭނެ ކަމަށް ލިޔެފައި ވެއެވެ.

މި މައްސަލަ މިހާރު ފުލުހުން ބަލަމުން އަންނައިރު ސޭޖަލް އާއި އެކު އޭނާ އުޅޭ ފްލެޓްގައި ދިރިއުޅޭ އޭނާގެ ދެ ރަހްމަތްތެރިންނާއި ފުލުހުން ސުވާލު ކުރަމުން އަންނަ އިރު ސޭޖަލް އަމިއްލައަށް މަރުވި ހަގީގީ ސަބަބު ދެނެގަތުމަށް މިހާރު ފުލުުހުން އަންނަނީ މަސައްކަތްކުރަމުންނެވެ.މިހާރު ސަރުކާރު ހޮސްޕިޓަލެއްގައި އޮޓޮޕްސީ ހެދުމަށްޓަކައި ސޭޖަލްގެ ހަށިގަނޑު ބާއްވާފައިވާއިރު އޭނާގެ ކުއްލި މަރާއެކު އާއިލާއިންވެސް ތިބީ ބޮޑު ޝޮކެއްގައި ކަމަށް މީޑިއާ ރިޕޯޓްތައްވަނީ ބުނެފައެވެ.

އުދޭޕޫރަށް އުފަން ސޭޖަލް އަކީ އެކްޓުކުރުމާއި ޑާންސްކުރުމަށް ޝައުގުވެރިކަން ހުންނަ އުފާވެރި މިޒާޖެއްގެ މީހެއްކަމުގައި އޭނާގެ ގާތް ފަރާތަކުން ވަނީ ބުނެފައެވެ.އުދޭޕޫރްގެ މެދު ފަންތީގެ އާއިލާއަކަށް ނިސްބަތްވާ ސޭޖަލް އެކްޓުކުރުމާއި އޭނާގެ އާއިލާ މީހުން ދެކޮޅު ހެދިނަމަވެސް 2017 ވަނަ އަހަރު ސޭޖަލް ވަނީ މުމްބާއީއަށް ބަދަލުވެ މޮޑެލްކުރުމުގެ މަސައްކަތް ފަށާފައެވެ. އަދި މިދިޔަ އަހަރު ސޭޖަލްއަށް ޑްރާމާއަކުން ފުރުސަތު ލިބިފައިވާއިރު މީގެ ކުރިން މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ސޭޖަލް ބުނީ ދިލް ތޯ ހެޕީ ހޭ ޖީ ގައި މަސައްކަތްކުރަން ލިބުމުން ވަރަށް އުފާވާކަމަށެވެ. އަދި އެކްޓުކުރުމަކީ އޭނަ އެންމެ ކުޑައިރުއްސުރެން ފެށިގެން ދެކެމުން އައި ހުވަފެން ކަމަށާއި މިއަދު އެ ހުވަފެން ހަގީގަތަކަށް ވެއްޖެކަމުގައެވެ.