English Edition
Dhivehi Edition

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓާއި މާޒިޔާ ކުޅުނު މެޗް 2-0 ގެ ނަތީޖާއަކުން މާޒިޔާ ކާމިޔާބުކޮށްފިއެވެ.

މިއަދު ހަވީރު ކުޅުނު މިމެޗުގެ ފުރަތަމަ 15 މިނެޓްގައި ދެ ޓީމްގެ ފަރާތުން އަވަސް އެޓޭކިން ގޭމެއް ފެނިގެން ގޮސްފައިވާއިރު މާޒިޔާއިން ވަނީ މެޗުގެ 18 ވަނަ މިނެޓްގައި ލަނޑު ޖަހައި މެޗުގެ ނަތީޖާ 1-0 ލަނޑައަށް ބަދަލުކޮށްފައެވެ.މި ލަނޑަކީ މާޒިޔާއަށް ލިބުނު ހިލޭ ޖެހުމެއް ކުރިއަށް ފޮނުވާލުމުން މުހައްމަދު އާރިފް ބޮލުން ފޮނުވާލި ބޯޅަ ކީޕަރު ފައިސަލް ދިފާއުކުރުމުން އޭރިޔާ ތެރޭގައި ހުސްކޮށް ހުރި ބޮޖާން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.

މާޒިޔާގެ ގޯލަށް ފަހު ނިއު އިން ކުރިއަށް ޖެހި އެޓޭކްތައް ވަރުގަދަކުރިއިރު ނަމަވެސް ވަރުގަދަ އެޓޭކިންގ ލައިނެއް އޮތް ނިއުރޭޑިއަންޓްގެ ގިނަ ހަމަލާ މާޒިޔާގެ ޑިފެސްލައިންއިން ވަނީ ހުއްޓުވާފައެވެ.

މިމެޗުގައި ނިއުގެ އަށް ލިބުނު ފުރުސަތުތައް ބޭކާރުވެފައިވަނިކޮށް މާޒިޔާއިން ވަނީ ލިބުނު ހިލޭ ޖެހުމަކުން މެޗުގެލީޑު ފުޅާކޮށްފައެވެ.މި ލަނޑު މެޗުގެ 40 ވަނަ މިނެޓުގައި ޖަހާފައިވަނީ އުމެއިރުއެވެ.

މިރޭ އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ކުރިއަށް އޮތް މެޗުގައި ބައްދަލު ކުރާނީ ޓީސީ އާއި ކުޑަހުވަދޫއެވެ. މި މެޗު ފަށާނީ މިރޭ 21:00 ގައެވެ.

ޓެގު