ޤައުމީ ޔުނިވާރސިޓީގެ ރެޖިސްޓްރާ ކަމަށާއި ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް(އެފްއެޗްޓީއެސް)ގެ ޑީން ކަމަށް އާ ބޭފުޅުން މިއަދު ހަމަޖައްސައިފި އެވެ.
މިއަދު މޯލްޑިވްސް ނޭޝަނަލް ޔުނިވާރސިޓީ(އެމްއެންޔޫ)ގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ޔުނިވާރސިޓީގެ ރަޖިސްޓްރާގެ މަގާމަށް އައްޔަން ކުރެއްވީ އަހުމަދު ޟޯމިރުއެވެ. އަދި އެފްއެޗްޓީއެސްގެ ޑީން ކަމުގެ މަގާމަށް އައްޔަން ކުރެއްވީ ޒީނަތު ސޯލިހްއެވެ.
އެމްއެންޔޫއިން ބުނިގޮތުގައި މިއަދު އެ ޔުނިވާސިޓީގެ އިސް ދެ މަޤާމަށް އައްޔަންކުރި ދެ ބޭފުޅުންނަކީވެސް މީގެކުރިން އެ ޔުނިވަސިޓީ އަށް ގިނަ ޚިދުމަތްތަކެއް ކުރެއްވި ދެ ބޭފުޅުންކަމަށެވެ.
Congratulations to the newly appointed Registrar of The Maldives National University, Mr. Mohamed Laamir and Dean of Faculty of Hospitality & Tourism Studies, Ms. Zeenath Solih! pic.twitter.com/tOM6CYO3VU
— The Maldives National University (@MNUedu) January 22, 2020
އެމްއެންޔޫއިން ބުނެފައި ވަނީ ޟޯމިރު އެ ޔުނިވަރސިޓީއާއި 2011 ވަނަ އަހަރު ގުޅިފައިވާ ކަމަށެވެ. އަދި އޭނާ އެންމެ ފުރަތަމަ ގުޅިފައި ވަނީ ފެކަލްޓީ އޮފް އެޑިއުކޭޝަނުގެ ލެކްޗަރާއެއްގެ މަގާމަށް ކަމަށެވެ. އަދި 2017 ވަނަ އަހަރުން ފެށިގެން މި މަގާމަށް ހޮވުމާ ހަމައަށް ޟޯމިރު އަދާކުރެއްވީ އެސިސްޓެންޓު ރަޖިސްޓްރާއެއްގެ މަގާމު ކަމަށް ވެސް އެމްއެންޔޫ އިން ބުންޏެވެ.
އެފްއެޗްޓީއެސްގެ ޑީން ކަމަށް ހޮވިވަޑައިގަތް ޒީނަތު ޤައުމީ ޔުނިވަސިޓީ އާއި ގުޅިވަޑައިގެންފައި ވަނީ 1999 ވަނަ އަހަރު ޓްރެއިނީއެއްގެ ގޮތުގައެވެ. އެއަށްފަހު 2016 ވަނަ އަހަރުން ފެށިގެން މިއަދާއި ހަމަޔަށް އޭނާ ހުންނެވީ އެ ފެކަލްޓީގެ ލެކްޗަރާ އެއްގެ ގޮތުގައެވެ.