English Edition
Dhivehi Edition
ފޮޓޯ: އެމް.އެން.ޔޫ ހިތަދޫކެމްޕަސް ފޭސްބުކް ޕޭޖް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)ގެ ސ. ހިތަދޫ ކެމްޕަހުގައި ނޫސްވެރިކަމުގެ ކޯސްތައް ފެށުމަށް ތައްޔާރުވެއްޖެއެވެ.

އެގޮތުން އެމްއެންޔޫ އިން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައި ވަނީ ފެބުރުވަރީ 2021 ގައި އެ ޔުނިވަރސިޓީން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި ތިރީގައި އެޑްވާންސްޑް ސެޓްފިކެޓް އިން ޖާރނަލިޒަމް ކޯސް ހިމެނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މީގެ އިތުރުން އެ ކޯހުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް، 07 ޑިސެންބަރު 2020 ވާ ބުދަ ދުވަހު ހެނދުނު 8:00 އިން ފެށިގެން 07 ޖަނަވަރީ 2021 ވާ ބުރާސްފަތި ދުވަހުގެ މެންދަމު 23:59 ނިޔަލަށް ކޯހުގައި ބައިވެރިވުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެމްއެންޔޫ އިން ބުންޏެވެ. ކޯހުގެ ޝަރުތުތައް މި ލިންކުން ލިބެން ހުންނާނެ ކަމަށާއި، އެ ކޯހާއި ބެހޭ courses.mnu.edu.mv ލިބޭނެ ކަމަށެވެ.

އެމްއެންޔޫ އިން އިތުރަށް ބުނީ ކޯސްތަކަށް އެޕްލައިކުރުމަށް ހަމަޖެހިފައި ވަނީ އޮންލައިންކޮށް މި ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. އަދި އެކަމާބެހޭ އިތުރު މަޢުލޫމާތު [email protected] އަށް މެއިލްކޮށްގެން ލިބޭނެ ކަމަށްވެސް އެމްއެންޔޫގެ އިޢުލާނުގައި ބުނެފައި ވެއެވެ.

އެމްއެންޔޫ އިން އެޑްވާންސްޑް ސެޓްފިކެޓް އިން ޖާރނަލިޒަމް ކޯސް އައްޑޫ ސިޓީގައި ފެށުމަށް ތައްޔާރުވެފައިވާއިރު، ނިމިގެންދިޔަ ނޮވެންބަރު މަހުގެ 25 ވަނަ ވަނަ ދުވަހު އެމްއެންޔޫގެ ސ. ހިތަދޫ ކެމްޕަހުގެ މެނޭޖްމަންޓުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ކެމްޕަހުގެ އައު މެނޭޖަރ، އިދުހާމް ފަހުމީ ވިދާޅުވީ އަންނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އެމް.އެން.ޔޫގެ ސ. ހިތަދޫ ކެމްޕަހުގައި އައު ޕްރޮގްރާމްތަކެއް ފެށުމުގެ މަސައްކަތް ކުރަމުންދާ ކަމުގައެވެ. އެގޮތުން ނޫސްވެރިކަމުގެ ދާއިރާގެ ކޯސްތައް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމުގައިވެސް އިދުހާމް ވިދާޅުވިއެވެ.