English Edition
Dhivehi Edition
ނ. މާޅެންދޫގެ ސެޓަލައިޓް ފޮޓޯއެއް -

މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ނ. މާޅެންދޫ ސްކޫލްގެ ޕްރިންސިޕަލް ސަސްޕެންޑްކޮށްފި އެވެ.

މި މަހުގެ 14 ވަނަ ދުވަހު ފުލުހުން އެރަށުގައި ހިންގި އޮޕަރޭޝަނެއްގައި ސްކޫލުގެ ޕްރިންސިޕަލް ޔޫސުފް އާދަމް ހައްޔަރު ކުރީ ފަސް ގްރާމް މަސްތުވާތަކެއްޗާއެކު އެކުއެވެ. ނަމަވެސް އޭނާ މިހާރު ބަންދުން ދޫކޮށްލާފައިވާއިރު، އޭނާ ހައްޔަރުކޮށްފައިވަނީ ލޯންޗަކުން އެރަށަށް ގެންދިޔަ ކޮތަޅެއް ހިފައިގެން ދަނިކޮށް ކަމަށް މަންޒަރު ދުށް ފަރާތްތަކުން ވަނީ ބުނެފައެވެ.

އެޑިޔުކޭޝަން މިނިސްޓްރީ އިން ބުނީ ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ)ގެ ޤަވާއިދުގެ ދަށުން 30 ދުވަހުގެ މުއްދަތަކަށް ޔޫސުފް ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.

ފާއިތުވި ތިން އަހަރު މާޅެންދޫ ސްކޫލްގެ ޕްރިންސިޕަލްކަން ކުރައްވާފައިވާ ޔޫސުފް އަކީ މީގެ ކުރިން މިފަދަ އެއްވެސް ތުހުމަތެއް ކުރެވިފައިވާ މީހެއް ނޫންކަމަށާއި ކުއްލިއަކަށް އެފަދަ މައްސަލައެއްގައި ހައްޔަރުކުރުމަކީ ލިބުނު ބޮޑު ހައިރާންކަމެއް ކަމުގައި އެ ރަށުން ވާހަކަދެއްކި މީހަކު ވަނީ ބުނެފައެވެ.