English Edition
Dhivehi Edition
ނ. ވެލިދޫ ކުނިކޮށީގައި އަލިފާން ރޯވެފައި - ފޮޓޯ: ޕޮލިސް

ނ. ވެލިދޫ ކުނިކޮށީގައި ރޭ މެންދަމު އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

ފުލުހުން ބުނީ ވެލިދޫ ކުނިކޮށީގައި އަލިފާން ރޯވެފައިވާކަމުގެ ރިޕޯޓް ފުލުހުންނަށް ލިބުނީ ރޭ 02:15 ހާއިރު ކަމަށާއި، އަލިފާންގަނޑު ނިއްވުމަށް ފުލުހުންނާއި އެ ރަށުގެ ރައްޔިތުން މަސައްކަތްކުރި ކަމަށެވެ.

އަދި ރޯވި އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ވެލިދޫ ކުނިކޮށީގައި އަލިފާން ރޯވާން މެދުވެރިވި ސަބަބެއް އަދި އެނގިފައި ނުވާއިރު، އެ ހާދިސާއާއި ބެހޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ބުނީ އެ ހާދިސާ މިހާރު ތަޙުޤީޤު ކުރަމުން އަންނަ ކަމަށެވެ.