އުމުރުން ދެ އަހަރުގެ ތުއްތު ކުއްޖާ ރޭޕުކުރިކަމަށް ތުހުމަތު ކުރެވެނީ އެ ކުއްޖާގެ ކާފައަށް ކަމަށް ފުލުހުން ވިދާޅުވެއެވެ. އެ ކުއްޖާގެ ކާފަ އާއި މުނިކާފަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވާއިރު ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ވިދާޅުވީ ތުއްތު ކުއްޖާގެ މުނިކާފަ ހައްޔަރުކޮށްފައި ވަނީ އޭނާ އަކީ ކުޑަކުދިންނަށް ޖިންސީ ފުރައްސާރަކުރުމުގެ ރެކޯޑް އޮންނަ މީހަކަށް ވާތީ ކަމަށެވެ.
ރޭގެ ވަގުތެއްގައި ކުއްޖާގެ ބައްޕަ ހުޅުމާލޭގެ ގެއެއްގައި އޮތްވާ ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު އޭނާ ގެންދެވުނީ އެ މައްސަލައިގައި އިތުރަށް ސާފުކުރަންޖެހޭ މައުލޫމާތު ސާފުކުރުމަށް ކަމަށް ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ރޭ ދަންވަރު ނެރުނު ބަޔާނުގައި ވެއެވެ.
ފުލުހުން ވިދާޅުވީ ކުއްޖާގެ މުނިކާފަ ހައްޔަރުކޮށްފައި އޭނާގެ ތަށަށް ފުލުހުންގެ ހާއްސަ ޓީމެއް ގޮސް ކަމާއި ގުޅޭ ފަރާތްތަކާއި ސުވާލުކޮށް ހެއްކާއި ގަރީނާ ހޯދުމަށް ފަހުގައި ކަމަށެވެ. މިމައްސަލަ ޖެންޑާ މިނިސްޓްރީ އާއި ފުލުހުން ގުޅިގެން ތަހުގީގު ކުރަމުންދާއިރު ގިނަ ރައްޔިތުންނެއް ދަނީ މި މައްސަލަ ބަލައި އަދަބު ލިބެންޖެހޭ ފަރާތްތަކަށް ހައްގު އަދަބު ދިނުމަށް ގޮވާލައި އަޑުއުފުލާފައި އެވެ.
މި މައްސަލާގައި އަނިޔާ ލިބުނު ތުއްތު ކުއްޖާ މިހާރު ވަނީ ސަރުކާގެ ބެލުމުގެ ދަށަށް ގެންދެވިފައެވެ.