ދެ އަހަރުގެ ކުޑަކުއްޖާ ރޭޕް ކުރި މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ބައްދަލުވުމެއް މިރޭ ބާއްވަން ނިންމައިފި އެވެ.
އެ މައްސަލައިގައި މިއަދު ވަނީ ޖެންޑާ މިނިސްޓްރީ އަދި އެފްސީޕީޑީ ކުރިމަތީގައި އާންމުން އިހުތިޖާޖްވެސް ކޮށްފައެވެ.
ކުޑަކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކުރެވެނީ އެކުއްޖާގެ ބައްޕަ އަށާއި ކާފަ އަދި މުނި ކާފަ އަށެވެ. އެ މައްސަލަައިގައި ކާފާއާއި މުނި ކާފަ މިއަދު އެ ރަށުން ވަނީ ހައްޔަރުކޮށްފަ އެވެ.
ކުޑަ ކުދިންނަށް ކުރާ މިފަދަ އަނިޔާތަކަށް ފިޔަވަޅު ނޭޅޭތީވެ ޖެންޑާ މިނިސްޓްރީގައި ހުންނަ އިމާރާތުގެ ކުރިމަތީ މިއަދު ހަވީރު ބަޔަކު ދަނީ އިހުތިޖާޖުވެސް ކުރަމުންނެވެ. މި މައްސަލައިގައި ތުހުމަތު ކުރެވޭ މުނި ކާފަގެ މިފަދަ މައްސަލައެއް މީގެ ކުރިންވެސް ފެންމަތިވި އެވެ. ނަމަވެސް އޭރުވެސް އޭނާއާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް އާއިލާއިން ބުނެ އެވެ.