އަދި ގްރީން ޓެކްސްގެ ގޮތުގައި 4.4 ޕަސެންޓް ނުވަތަ 68,791,019 ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 277.03 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
ނިމިގެންދިޔަ 2019 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ދައުލަތަށް ދައްކަން ޖެހޭ ޖީއެސްޓީ ދައްކާފައިނުވާ 250 އަށްވުރެ ގިނަ ފަރާތްތަކުގެ ނަން، ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފި އެވެ.
މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން އިއްޔެ އާންމުކުރި ލިސްޓްގައި ޖުމްލަ 268 ފަރާތެއްގެ ނަން ހިމެނެއެވެ. އެއީ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގެ ޖީއެސްޓީ ބަޔާން ހުށަހަޅައިފައިނުވާ އަދި ފައިސާ ދައްކައިފައިނުވާ ފަރާތްތައް ކަމަށް މީރާ އިން ބުނެއެވެ.
އެ ފަރާތްތަކަކީ މާލެ، ވިލިނގިލި، ހުލުމާލެ، އަދި ޓޫރިސްޓް ރިސޯޓުތަކުގައި ވިޔަފާރިކުރާ ފަރާތްތަކެވެ.
މީރާ އިން ވަނީ މިދިޔަ ނޮވެމްބަރު މަހު މާލެ ސަރަޙައްދުން މި އަހަރުގެ ދެވަނަ ކުއާޓަރުގެ ޖީއެސްޓީ ބަޔާން ހުށަހަޅައިފައިނުވާ އަދި ފައިސާ ދައްކައިފައިނުވާ ފަރާތްތަކުގެ ނަން ހާމަކޮށްފަ އެވެ. އެފަހަރު މީރާ އިން އާންމުކުރި ލިސްޓްގައި ޖުމްލަ 202 ފަރާތެއްގެ ނަން ހިމެނެއެވެ.
މީރާ މެދުވެރިކޮށް މިދިޔަ ޑިސެމްބަރު މަހު ދައުލަތަށް 1.56 ބިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ. އެގޮތުން ޑިސެމްބަރު މަހު ބަލައިގަތް އާމްދަނީގެ ތެރޭގައި 74 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށް މީރާ އިން ބުނެއެވެ.
މީރާ އިން އިއްޔެ އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ލިބުނު އާމްދަނީ އަކީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހާ އަޅާބަލާއިރު 8.9% އިތުރު އަދަދެއް ކަމުގައިވާއިރު، އެއީ މިދިޔަ މަހަށް ލަފާކުރި މިންވަރަށްވުރެ 26.6% އިތުރު އަދަދެކެވެ.
2018 ވަނަ އަހަރުގެ އެ މުއްދަތާއި އަޅާބަލާއިރު، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ލިބުނު އާމްދަނީ އިތުރުވެފައި ވަނީ ޓީޖީއެސްޓީ އާއި ވިތުހޯލްޑިންގ ޓެކްސް އާއި އެއާޕޯޓް ސަރވިސް ޗާޖާއި ޓޫރިޒަމް ލޭންޑް ރެންޓް އަދި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި ލިބިފައިވާ ފައިސާ އިތުރުވުމުން ކަމަށް މީރާ އިން ބުނެއެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) އެވެ. އެއީ 42.1% ނުވަތަ 658,038,239 ރުފިޔާ އެވެ. އަދި ދެވަނައަށް އެންމެ ބޮޑު އާމްދަނީޢެއް ލިބިފައި ވަނީ ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައެވެ. އެއީ 23.2% ނުވަތަ 361,954,466 ރުފިޔާ އެވެ.
މީގެ އިތުރުން ބީޕީޓީގެ ގޮތުގައި 7.7.% ނުވަތަ 120,962,060 ރުފިޔާ ލިބިފައިވާއިރު، ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި ލިބިފައި ވަނީ 4.9% ނުވަތަ76,700,000 ރުފިޔާ އެވެ.
އަދި ގްރީން ޓެކްސްގެ ގޮތުގައި 4.4 ޕަސެންޓް ނުވަތަ 68,791,019 ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 277.03 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.