English Edition
Dhivehi Edition

އަނެއްކާވެސް އަންހެން ކުއްޖެއްގެ ފުއްޕާމެއިން ޕިނެއް ނެގުމަށް އޮޕްރޭޝަނެއް ކޮށްފައި ވާކަމަށް އައިޖީ އެމްއެޗްގެ އެތެރެހަށީގެ ޑޮކްޓަރުން ވިދާޅުވެއްޖެއެވެ.

މި ފަހަރު ޕިން ނަގާފައި ވަނީ އުމުރުން 15 އަހަރުގެ އަންހެން ކުއްޖެއްގެ ފުއޕާމެއިން ކަމަށް މައުލޫމާތު ލިބެއެވެ.

މި އޮޕްރޭޝަނަށް ފަހު ޑޮކްޓަރ މުހައްމަދު އަލީ އާއި އިތުރު ދެ ޑޮކްޓަރުން ހިއްސާ ކުރި ވީޑިއޯގައި ޑޮކްޓަރުން ވަނީ އެއްވެސް ގޮތަކަށް ޕިން އަނގަ އަށް ނުލުމަށް އިލްތިމާސް ކޮށްފައެވެ. “ޕިން ނޫނީ އެހެން އެއްޗިހިވެސް އަނގަ އަށް ލުމަކީ ނުރައްކާ ތެރި ކަމެއް. އަދި ފުއްޕާމެއިން އެއްޗެއް ނަގަން ކުރަން ޖެހޭ އޮޕަރޭޝަނަކީ ވަރަށް ނުރައްކާތެރި އޮޕަރޭޝަނެއް. މި އޮޕްރޭޝަންގެ ތެރޭގައި ފުއްޕާމޭ ފަޅައިގެން ގޮސް ލޭ ބޭރުވުން ފަދަ ކަމެއް ވެސް ދިމާވެދާނެ. މި އީ ވަރަށް ބަލައިގެން ކުރަންޖެހޭ އޮޕްރޭޝަނެއް ” ޑޮކްޓަރުން މިވީޑިއޯގައި ވިދާޅުވެއެވެ.

ފާއިތުވެދިޔަ 4 ވަރަކަށް އަހަރު ތެރޭގައި ނޭވާ ހޮޅިއަށް ޕިން ގޮސްގެން 30 ހަކަށް އޮޕްރޭޝަން މިހާތަނަށް ކުރެވިފައިވާ ކަމަށް ޑޮކްޓަރުން މި ވީޑިއޯގައި ވިދާޅުވެފައިވެއެވެ.

ބުރުގާ ޕިން ނޭވާ ހޮޅިއަށް ދާން އާންމުކޮށް ދިމާވާ ސަބަބަކީ، ބުރުގާ އަޅާއިރު އަނގަޔަށް ޕިން ލައިގެން ހުއްޓާ ކެއްސައިގަތުމުން ނޫނީ ކެއްސާއިރު ނޭވާ ލާގަޑީގައި ކަމަށާއި މި ފަދުގެ އެއްވެސް އެއްޗެއް އަނގަ ޔަށް ނުލުމަށް ޑޮކްޓަރުން ވަނީ އެންމެހައި ރައްޔިތުން ނަށް އިލްތިމާސް ކޮށްފައެވެ.

ބުރުގާ ޕިން އަނގައަށް ލައިގެން އުޅުމުގެ ތެރޭގައި ފުއްޕާމެއަށް ބުރުގާ ޕިން ދިއުމުގެ ސަބަބުން މީގެ ކުރިން ވެސް އައިޖީއެމްއެޗްގައި ދާދިފަހުންވެސް އޮޕަރޭޝަނެއް ވަނީކޮށްފައެވެ.