ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް - ފޮޓޯ: ރައީސް އޮފީސް
ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން ރައީސް ނިންމައިފި
6 ދުވަސް ކުރިން
ޝާން މުޙައްމަދު

ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން ރައީސުލްޖުމްހޫރިޔާ އިބްރާހީމް މުހައްމަދު ޞާލިޙް ނިންމަވައިފި އެވެ. ރައީސް މިގޮތަށް ނިންމަވާފައި ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއެކު ކައުންސިލްތަކަށް އިންތިޚާބުވާ ފަރާތްތަކަށް ދޭ މުސާރައެވެ. ރައީސް މިކަން ހާމަކުރެއްވީ މިހާރު ކުޅުދުއްފުށީގައި ބާއްވަމުންދާ އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ މިހާރު ޤާނޫނުގައި އޮތްގޮތަށް ސަރުކާރުން ކައުންސިލަރުންނަށް ދޭ މުސާރަ އަށް އަދަދުތަކެއް ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން މޭޔަރަކަށް 40000ރ، ޑެޕިއުޓީ މޭޔަރަކަށް 35000ރ، ސިޓީ ކައުންސިލް މެމްބަރަކަށް 30000ރ، އަތޮޅު ކައުންސިލް ރައީސްއަކަށް 28000ރ، ރަށު ކައުންސިލްގެ ރައީސްއަކަށް 23000ރ، ޑެޕިއުޓީއަށް 15000ރ އަދި މެންބަރަކަށް 12000ރ.” ކަމަށް ރައީސް ވިދާޅުވިއެވެ.

Advt

Advertisement

މި އަދަދުތައް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙު ވިދާޅުވިއެވެ. ކައުންސިލް އިންތިހާބަށް ތައްޔާރުވުމުވެ ގޮތުން މިހާރު ކުރިޔަށް ދަނީ އެމްޑީޕީގެ ތެރެއިން ކައުންސިލަަށް ކުރިމަތިލައްވާ ބޭފުޅުން ހޮވުމެވެ. ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ވަރަށް ފޯރިއާއި އެކު މިކަމަށް ތައްޔާރުވަމުން ދާކަން ފާހަގަ ކުރެވެއެވެ.